އިސްލާމް ފޯބިއާ، އިސްލާމަކަށް ވީތީ ޖެހިލުންވާ ޖެހިލުންވުމަކީ ދުނިޔޭގެ ބައެއް ޤައުމުތަކުގައި ވަކިން ޚާއްސަކޮށް އިރުމަތީގެ ޤައުމުތަކުގައި ވަރަށް ގަދަޔަށް ހިފާފައި އޮންނަ ކަމެކެވެ. މިހެންވުމުގެ ސަބަބުން ބައެއް ފަހަރަށް މުސްލިމުންނަށް އާއްމު ދިރިއުޅުމުގައި ކުރަން އުޅޭ ބައެއް ކަންކަން ކުރުމަށް ހުރަސް އެޅިގެންދެއެވެ. އިނގެރޭސި ވިލާތަށް ނިސްބަތްވާ އަޙްމަދު އަލީއަށްވެސް ކަން ދިމާވީ މިފަދަ ގޮތަކަށެވެ.

އުމުރުން 42 އަހަރުގެ އަލީ އަޙްމަދު ނިރުބަވެރިއެއް (ޓެރެރިސްޓެއް) ކަމަށް ޝައްކު ކުރެވިގެން މިހާތަނަށް 50 ފަހަރު އެއާޕޯޓްއިންވަނީ ހިފައްހައްޓާފައެވެ. މިކަން ހާމަކޮށް އޭނާވަނީ ބަޔާނެއް ނެރެފައެވެ. އޭނާ ބުނެފައިވަނީ އޭނާ ދަތުރު ކުރާ ކޮންމެ ފަހަރު އެތައް ގަޑިއިރެއް ސިކިއުރިޓީ ކްލިއަރެންސްއަށް ހޭދަ ކުރަން ޖެހޭ ކަމަށެވެ. އަދި 50 އަށްވުރެ ގިނަ ފަހަރު ނިރުބަވެރި ކަމުގެ ކުށް ސާބިތުވާ ނުވަތަ ޝައްކު ކުރެވޭ މީހެއް ފަދައިން ބަލާ ފާސް ކުރާ ކަމަށެވެ.

މީނާ މިފަދަ ގޮތަކަށް ބަޔާނެއް ނެރެފައިމިވަނީ މިއަހަރު އޭނާގެ މަންމައާއެކު އުމްރާއަށް ދިއުމަށްފަހު އަބުރާ ޤައުމަށް އައުމުން އޭނާ ހައްޔަރުކޮށް އޭނާ ބަލާ ފާސް ކުރުމުންނެވެ.

އަހްމަދު ބުނި ގޮތުގައި އޭނާއަކީ ނިރުބަވެރިއެއް ނޫން ކަމަށާއި އޭނާއަކީ މުސްލިމެއް ކަމުގައި ވީނަމަވެސް މުސްލިމުންނަކީ މިފަދަ ކަންކަމަށް ހިތްވަރުދޭ ބައެއް ނޫން ކަމަށެވެ. އަދި ތުބުޅި ލީ ކޮންމެ މީހަކީ ބޮން ގޮއްވާނެ މީހެއް ނޫން ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙަސަން

    މިގޮތަށް ކިތަށް މީހުނާ މެދު އަމަލު ކުރެވެމުން ދާކަން އެގެނީ މަދު މީހަކަށް

  2. ކާސިމް

    ކެއްކުރޭ ކޮއިފުޅާ ފަހުން ރަނގަޅުވާނެ.

  3. ސަޒުނާ

    ހިތްވަރު ކޮއްލާ. ކެއްތެރިންނާ އެކު ﷲވަނީ.