އިންޑިއާގެ މުމްބާއީއަށް ނިސްބަތްވާ އުމުރުން 85 އަހަރުގެ ލަލިޓާ ސަބްރަމަންޔަމް އަކީ އެކަނި ދިރިއުޅެމުން އަންނަތާ ގިނަ އަހަރުތަކެއްވެފައިވާ އަންހެނެކެވެ.
އޭނާ އެކަނި ދިރިއުޅޭތާ 30 އަހަށްވުރެއް ގިނަ ދުވަސް ވެފައިވާއިރު ލަލިޓާގެ އެކަނިވެރިކަމަށް ލުޔެއް ގެނެސްދެނީ މުމްބާއީގެ ފުލުހުންނެވެ.
އެއީ 2016 ވަނަ އަހަރުން ފެށިގެން ލަލިޓާގެ އުފަންދުވަސް މުމްބާއީގެ ފުލުހުން ފާހަގަކޮށްދެމުން އަންނާތީއެވެ. މުމްބާއީގެ ޕޮލިސް ސްޓޭޝަންގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް، އެން އަންބިކާ ވިދާޅުވީ ފުލުހުން ލަލިޓާގެ އުފަންދުވަސް ފާހަގަކޮށްދެވީ އޭނާ އަކީ އެކަނި ދިރިއުޅެމުން އަންނަ އެކަނިވެރި ފަރާތަކަށް ވުމުން އެކަމުގެ އިހުސާސް އޭނާއަށް ވިޔަ ނުވީ އޭނާ އުފާކޮށްދިނުމަށް ކަމަށެވެ.
އަދި މުމްބާއީގެ ފުލުހުންނާއި ލަލިޓާއާއި އޮންނަނީ ވަރަށްވެސް ގާތް ގުޅުމެއްކަމަށާއި ލަލިޓާއި އާއިި މެދުގައި ގިނަ ފުލުހުން ދެކެނީ އުފަން މަންމައާއި މެދުގައި ދެކޭ ފަދަ ގާތް ނަޒަރަކުން ކަމުގައި އަންބިކާ ބުނެފައިވެއެވެ.
ލަލިޓާގެ އުފަންދުވަސް ފާހަގަ ކުރުމުގެ ގޮތުން ފުލުހުން ކޮންމެ އަހަރަކު ވެސް ސަޕްރައިޒް ޕާޓީއެއް ބާއްވައެވެ. އޭނާގެ އުފަން ދުވަހަކީ ޖަނަވަރީ 02 އެކެވެ. މިއަހަރުގެ އުފަންދުވަސް ފާހަގަ ކުރުމުގެ ގޮތުން ފުލުހުން ވަނީ ލަލިޓާއަށް ގިނަ ހަދިޔާތައްދީ އުފަންދުވަހުގެ ކޭކެއް ވެސް ފަޅާފައެވެ.
ފުލުހުންނަށް ލަލިޓާ ހާއްސަ ވަނީ މީގެ 20 އަހަރު ކުރިން ފުލުހުންގެ އިދާރާގައި އޭނާ މަސައްކަތްކޮށް އަދި އޭގެ ފަހުން ވެސް ފުލުހުންނާއި އޭނާ ގާތް ގުޅުމެއް ބާއްވަމުން އަންނާތީއެވެ.
ލަލިޓާގެ ތިން ދަރިން ދުނިޔޭގައި ތިބި އިރު އެ ދަރީންގެ ފަރާތުން އޭނާއަށް މާ ބޮޑު އަޅާލުމެއް ނުލިބެއެވެ. އަދި ތިން ކުދިންވެސް ދިރިއުޅެމުން އަންނަނީ އިންޑިއާއިން ބޭރުގައެވެ.
ތިޔަ އަންހެންމީހާ ފުލުހުންގެ ތެރޭގައި އުޅުނުއިރު ތިޔަފިރިހެނުންނާއި " ގާތްގުޅުމެއް" ބޭއްވީ ކަމަށްވުމަކީ ވަރަށް ކައިރިކަމެއް ! އިންޑިއާ ފިރިހެނުންނަކީ އެމީހުނަށް ފައިދާއެއް ނުވަގޮތަށް އެންމެ ފައިސާފޮއްޗެއްވެސް ދޫކުރާނެ ބައެއް ނޫން ! ވަކިން ޚާއްސަކޮށް ތިޔައީ އިންޑިއާ ފުލުހުން !
މާގިނަ ދުވަހެއް ނުވެ ރާއްޖޭގަވެސް އުޅޭ ފުލުހުންނޭ ކިޔާ ބަޔަކު މި މަންޒަރު ބަލާފަ ކޮންމެވެސް ޕަބްލިސިޓީއެއް ހެދޭތޯބަލާނެ.
ދިވެހި މުސްލިމު ފުލުހުންތަ؟
ކޮންމެ އަހަރަކު ފުލުހުން އުފަންދުވަސް ފާހަގަ ކުރަންޔާ ހާދަ ބޮޑު ސަޕްރައިސް އަކަށްވާނޭދޯ އޭނަ އަށް،
ރޭޕް ނުކުރިއްޔާ ރަނގަޅު.،
އަހަރެން މިހުރީ ހަމަ ކޮސްވެފަ.އެވަރު ކަމެއް ކުރާނެޔެކޭ ހިތަކަށް ވެސް ނާރާ.މަ ހިތަށް އަރާ ރާއްޖޭގަ މިއުޅޭ އިންޑިޔާ ސިފައިން އެމީހުން ގެންގުޅޭ ހެލިކޮޕްޓަރުގަ އަހަރެމެން ރަށު ސަކީނާގެ އުފަންދުވަސް ފާހަގަ ކުރަން އަންނާނެ ނަމައޭ.