ކާޑޭޝިއަން އާއިލާއަށް ފާއިތުވި ދެތިން އަހަރު ވަރަށް ގިނަ ކުދިން އުފަން ވެއްޖެއެވެ. އަނެއްކާވެސް އެއާއިލާއަށް ކުދިން އިތުރު ވުމުގެ ސިލްސިލާއެއް ފެށެން އުޅޭކަމަށް ބެލުމުގެ ފުރުސަތު އެބައޮތް ކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

ކިމް ކާޑޭޝިއަން އާއި ކާންޔޭ ވެސްޓް ވަނީ އެމީހުންގެ ހަތަރު ވަނަ ދަރިފުޅު މިއަހަރު ހޯދާނެ ކަން މިހަފްތާގައި އިއުލާން ކޮށްފައެވެ. ކިމް މިފަހަރު ދަރިއަކު ހޯދާނީ ބަނޑުބޮޑުނުވެ، ސަރަގޭޓް މަދާއެއްގެ އެހީގައެވެ. މީގެ ކުރިން ވެސް އޭނާ ވަނީ މިގޮތައް ދަރިއަކު ހޯދާފައެވެ. ކިމް އާއި ކާންޔޭގެ ތިން ދަރިން މިހާރު އެބަތިއްބެވެ.

"އީ ނިއުސް" އަށް މައުލޫމާތު ދިން ކާޑޭޝިއަން އާއިލާގެ މައުލޫމާތު އެނގޭ މީހަކު ބުނީ ކާޑޭޝިއަން އާއިލާގެ އެހެން މެންބަރުން ވެސް ވަރަށް އަވަހަށް އިތުރު ދަރިން ހޯދާނެ ކަމަށް ބެލެވެއެވެ. "ކިމް ދަރިއަކު ހޯދުމަކީ އާއިލާގެ އެހެން މެންބަރުންނަށް އެކަމުގެ ނުފޫޒު ފޯރާނެ ކަމެއް. އެމީހުންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް އެއީ ހުރިހާ މެންބަރުން އެއްފަރަހާ ބަލިވެ އިނުން." މައުލޫމާތު ދިން މީހާ ބުންޏެވެ.

ކާޑޭޝިއަން އާއިލާއަށް ޗިކާގޯ، ސްޓޯމީ އަދި ޓްރޫ އުފަންވީ އުމުރުގައި ހަތަރު މަސް ދުވަހުގެ ތަފާތު ވެސް ނެތި ވަރަށް ގާތްގާތުގައެވެ. އެހެންކަމުން ކައިލީ އާއި ކްލޯއީ ބަލިވެ އިން ޚަބަރު ވަރަށް އަވަހަށް ލިބުން އެކަށީގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގަމާރު ކިމް

    ހަހަހަހަހަ... ކިމްގެ ދޮންދަރިއަކަށް ހަމަ ވަނީ.... އޭނާގެ ދަރިއަކަށއ ވާނޭގޮތެއް އުޅެއުޅެ ބުއްދިއަކަށް ނުވިސްނުނު