ޕްރިޔަންކާ ޗޯޕްރާ އަކީ ހިންދީ ފިލްމު އިންޑަސްޓްރީއަށް ބޮޑު އިންގިލާބެއް ގެނެސްދީފައިވާ ކުޅަދާނަ ތަރިއެކެވެ. ބޮލީވުޑްގައި ރަނިކަން ކުރުމަށް ފަހު ޕްރިޔަންކާ އަންނަނީ ހޮލީވުޑްގައިވެސް ބޮޑު މަގުބޫލުކަމެއް ހޯދަމުންނެވެ.

އެގޮތުން ހޮލީވުޑްގައި ޕްރިޔަންކާ ކުޅޭ ދެވަނަ ފިލްމު "އިޒްންޓް އިޓް ރޮމޭންޓިކް" އަންނަ މަހު ރިލީޒް ކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ޕްރިޔަންކާ އިނގިރޭސި ފިލްމަކުން އެންމެ ފުރަތަމަ ފެނިގެން ގޮސްފައިވަނީ ބޭވޮޗްއިންނެވެ.

ވެލަންޓައިންސް ޑޭ އާ ދިމާކޮށް، ލޯބި އަދި މަޖާ ޖޯންރާއަކަށް ނެރޭ މި ފިލްމުގައި ޕްރިޔަންކާ ފެނިގެންދާނީ މައިލީ ސައިރަސް އާ ދާދި ފަހުން ކައިވެނި ކުރި ލިއަމް ހެމްސްވޯތް އާއި ރެބެލް ވިލްސަން އާއެކު އެވެ. މިދިޔަ އަހަރު އެ ފިލްމުގެ ޓްރެއިލާ ރިލީޒް ކުރި އިރު ގިނަ ބަޔަކަށް ވަނީ ފިލްމުގެ ޓްރެއިލާ ކަމުގޮސްފައެވެ.

މިއީ ލޯބީގެ ފިލްމަކަށް ވާއިރު، ޕްރިޔަންކާ އާއި ލިއަމް ދާދި ފަހުން ކައިވެނި ކުރުމުން، ދެން އޮތް ކައިވެންޏަކީ ފިލްމުގައި މި ދެތަރިންނާއެކު ފެންނަ ރެބެލްގެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އިބްރަތްތެރި މެސެޖެއް ފޯރުކޮށްދޭ މި ފިލްމު ރިލީޒް ކުރާނީ ފެބްރުއަރީ 14 ގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހައިދަރު

    ޕްރިޔަންކާ އަށް މާތް ﷲ ތެދުމަގު ދައްކަވާށި

  2. ފޭޑެޑް

    މޯދީ އަށް ޓްރަމްޕް ކުރެއްވި މަލާމާތަށް އިންޑިއާ އިން ރައްދު ދީފި ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ އިންޑިއާ އިން ރައްދު އެދިނީ މޯދީ އަށް ޖޯކް އެމެރިކާގެ ރައީސް ޖެހުމުންނޭ ކޮންމެ މީހަކަށް ވެސް މިވާ ވަރަކީ އެމީހެއްގެ އުނި ސިފަ އެހެން މީހަކު ބުނުމުން އެމީހަކަށް އެކަން ކެތް ނުކުރެވެނީއޭ އެކަމަކު ޑިމޮކްރަސީއޭ ކިޔާ ފެލެން ޖެހޭ ދޯ ކޮންމެ ޕޮލިޓިޝަނަކު ވެސް ވެއަރ އާރ ޔޫ ނައު އައި އޭމް ފޭޑެޑް އައި އޭމް ފޭޑެޑް އައި އޭމް ފޭޑެޑް ސޯ ލޮސްޓް ޑާންސް..

  3. ފޭޑެޑް

    ތަމެން ނަށް ރައްޔިތުންނަށް ކަމެއް ކޮށް ނުދެވޭއިރު ދައުލަތުގެ ބަޖެޓުން ޚަރަދުކޮށް ގެން އެމްޑީޕީގެ ގޭންގަށް ކޭޓަރިންގް ނަމުގައި ފައިސާ ގަނޑެއް ދޭން ވެގެން ގަންނަ ގަނޑެއް ނޫންތޭ ތިޔާއީ ތިޔާއީ މިހާރު ތަމެންގެ ވެރިކަން ގުރުޑު ވަމުންދާތީވެ ތަމެން ޖައްސާ މީޑިއާ ސްޓަންޓް ތިޔާ ހުންނަނީ ތަމެން ތިޔާ ދަނީ ފޭޑެޑް ވަމުން ނޭ ޔޫއާރ ފޭޑެޑް ފޭޑެޑް..