ކޮންމެ އިންސާނަކީ ފުރިހަމަ އިންސާނެއް ނޫނެވެ. ބައެއް އިންސާނުންނަކީ ދިރިއުޅުމުގައި ބޮޑެތި ތަކުލީފުތަކާއި ކުރިމަތިލާން ޖެހިފައިވާ މީހުންނެވެ. އެގޮތުން ބައެއް މީހުންނަކީ އުފެދުމުގައި ބޮޑެތި ސިއްހީ މައްސަލަތައް ކުރިމަތިވެފައިވާ މީހުންނެވެ.

އެ ފަދަ ސިއްހީ މައްސަލަތައް ދިމާވެފައިވާ ބައެއް ފަރާތްތަކަށް ދުނިޔޭގެ ގިނަ ބައެއްގެ ސަމާލުކަން ހުށްޓެއެވެ. އެގޮތުން އިންޑިއާގެ މަހާރަސްތުރާއަށް އުފަން އުމުރުން 25 އަހަރުގެ ޖިއޯޓީ އެމްގޭ އަކީ މި ފަދަ ބައްޔެއްގެ ޝިކާރައަކަށްވެފައިވާ އަންހެނެކެވެ.

ޖެނެޓިކް މައްސަލައެއްގެ ސަބަބުން އޭނާއަކީ އާދައިގެ އެހެން މީހުންނާއި އެއް ދިގުމިނެއް ލިބުމުގެ ނަސީބުން މަހްރޫމްވެފައިވާ މީހެކެވެ. އިސްކޮޅުގައި އެންމެ 2 ފޫޓޫ 6 އިންޗި ހުންނަ ޖިއޯޓީ އަކީ ދުނިޔޭގައި ހުރި އެންމެ ކުރު އަންހެނާއެވެ.

އިސްކޮޅުގެ ސަބަބުން އޭނާއަށް އެހެން މީހުންގެ އެހީއާއި ނުލައި އާންމު ދިރިއުޅުމުގައި ކުރަން ޖެހޭ ގިނަ ކަންކަން ނުކުރެވެއެވެ. ނަމަވެސް އިސްކޮޅުގެ ކުރުކަމަކީ އޭނާގެ ބަދު ނަސީބެއް ނޫނެވެ. އިނގިރޭސި ފިލްމުތަކުގެ އިތުރުން ހިންދީ ފިލްމުތަކުންވެސް އޭނާއަށް ވަނީ ފުރުސަތު ލިބިފައެވެ. އެގޮތުން ޖިއޯޓީ ވަނީ ޓީވީ ސީރީސް އެއްކަމަށްވާ ފްރީކް ޝޯވ ކުޅެދީފައެވެ.

ޖިއޯނީ ބުނި ގޮތުގައި އޭނާގެ އިސްކޮޅުގެ ސަބަބުން ބައެއް މީހުންގެ މަލާމާތާއި ފުރައްސާރަ އަމާޒު ވިޔަސް އާއިލާގެ މެންބަރުންނާއި ގާތް އެކުވެރިން އޭނާއާއި މެދުގައި ބަހަށްޓާ ގާތްކަމުގެ ސަބަބުން އެ ފަދަ ފުރައްސާރައިގެ އަސަރު މާ ބޮޑަށް ނުކުރާ ކަމުގައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އޯލްޑް ނިއުސް

    އޭނާގެ ނަމަކީ ޖޯތީ...ސާބަސް ތަރުޖަމާނަށް

  2. އިމް

    މާޝާﷲ. އަލްހަމްދު ލިﷲ