އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތުން ލޯބީގެ ނަސޭހަތް ހޯދުމުގެ ބޭނުމުގައި، މީހަކު ވައިޓް ހައުސް ތެރެއަށް ވަގަށް ވަދެއްޖެއެވެ. ވައިޓް ހައުސްގެ ފެންސް މަތިން ފުންމާލައިގެން އެތަނުގެ ތެރެއަށް ވަދެފައިވަނީ ކެނެޑާގެ ރައްޔިތެކެވެ.

"އެންބީސީ" އިން ބުނެފައިވާ ގޮތުގައި މި މީހާ ވައިޓް ހައުސްގެ ތެރެއަށް ވަދެފައިވަނީ ބުދަ ދުވަހުގެ ރެއެވެ. ސީކްރެޓް ސަރވިސް އިން މި މީހާ ހައްޔަރުކޮށްފައިވާއިރު، ޓްރަމްޕް އަށް ހަދިޔާއަކަށް ދެ ބަނގުރާފުޅިވެސް އެމީހާ ގެންދިޔައެވެ.

ސީކްރެޓް ސަރވިސް އިން އެމީހާއާ ސުވާލުކުރުމުން އެތަނަށް ވަތް ސަބަބަކީ ލޯބި ޙާޞިލު ކުރަން ބޭނުންވާ ނަސޭހަތް ހޯދުންކަމަށް ބުނިއިރު، އޭނާއަށް އަނތްބަކު ބޭނުންވާކަމަށް ބުނެފައިވެއެވެ. އަދި ޓްރަމްޕް ތިން ފަހަރު ކައިވެނި ކޮށްފައިވާއިރު އޭނާ އެހާ ކާމިޔާބީ ކީއްވެތޯ އަހަން ބޭނުންވާކަމަށްވެސް ބުނެފައިވެއެވެ.

ޖޯޖޯޕައުލޯސް ނަމަކަށް ކިޔާ މި މީހާއަކީ ކުރިންވެސް މިފަދަ ކަންކަމުގެ ސަބަބުން ހައްޔަރުކޮށްފައިވާ މީހެއްކަމަށް މައުލޫމާތު ލިބެއެވެ. ހަމައެހެންމެ، އޭނާއަކީ އޭނާގެ އަމިއްލަ އާއިލާ މެންބަރުންނަށްވެސް އެކި ވަރުގެ ދުއްތުރާތައް ކޮށްފައިވާ މީހެއްކަމަށް މައުލޫމާތު ލިބެއެވެ.

މީގެކުރިންވެސް، ވައިޓް ހައުސް އަށް ވަންނަން މަސައްކަތް ކުރި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު