ޝާހީ އާއިލާގެ މެންބަރަކާ މޭގަން މާކެލް ކައިވެނީ ކުރީ މިދިޔަ އަހަރުއެވެ. އެއަށްފަހު މޭގަން އާ ކުރިމަތިވީ ވަރުގަދަ އަހަރެކެވެ. ގަނޑުވަރުގައި މާ ފަސޭހަކޮށް ކަންކަން ނުދިޔައިރު އާއްމުންގެ ފަރާތުންނާއި މީޑިޔާގެ ސަބަބުންވެސް ކުރިމަތިވީ ފަސޭހަ ކަންކަމެއް ނޫނެވެ. އެހެންނަމަވެސް، ޝާހީ އާއިލާގެ އެހެން އެއްވެސް މީހަކަށް ނުހިނގާހާ ޚަރަދު އޭނާގެ މައްޗަށް ހިނގިއެވެ.

އިނގިރޭސިވިލާތުގެ ބައެއް ފެޝަން ނޫސްތަކުން ވަނީ މޭގަންގެ ހެދުމުގެ ޚަރަދަށް ހުސްވި 2018 ވަނަ އަހަރު ހިނގި ޚަރަދުގެ ތަފްސީލްތައް ހާމަކޮށްފައެވެ.

އެގޮތުން ނޫހަކުން ހާމަކޮށްފައިވާ ގޮތުގައި 2018 ވަނަ އަހަރު، ޝާހީ އާއިލާގެ މެންބަރަކަށްވުމަށްފަހު މޭގަންގެ ހެދުންތައް ފަރުމާކޮށް ތައްޔާރުކުރުމުގެ ކަންކަމަށް ބައި މިލިއަނަށްވުރެ ގިނަ ޕައުންޑު ޚަރަދުވެފައިވެއެވެ. މިއީ ދިވެހި ރުފިޔާ އިން ބަލާކަމުގައިވާނަމަ ނުވަ މިލިއަނަށްވުރެ ގިނަ ރުފިޔާއެވެ.

މޭގަންގެ ފެޝަންގެ ކަންކަން ދިރާސާ ކުރި ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި އެކި ކަންކަން ކުރުމަށް މޭގަން ޖުމުލަ 1661 ހެދުން ފަހާފައިވެއެވެ. މި އަދަދަކީވެސް އަދި މިކަމަށް ހިނގި ޚަރަދަކީވެސް ޝާހީ އެހެން މެންބަރުންނަށްވުރެ ފަސް ގުނަ ބޮޑު އަދަދެކެވެ.

ހަމައެހެންމެ، މިއީ އެހެން ޤައުމުތަކުގެ ޝާހީ އަންހެނުންގެ މިކަންކަމަށް ހިނގާ ޚަރަދުތަކަށްވުރެ އެތައް ގުނަ ބޮޑު އަދަދެކެވެ.

ކިޔުންތެރިންގެ ހިޔާލު