މުޅި އުމުރު ދުވަހު ހިލޭ ބާގާ ހޯދަން، އެމެރިކާގެ ރައްޔިތަކު ކޯޓަށް ގޮސްފިއެވެ. ކާޓިސް ބްރޫނާ ނަމަކަށް ކިޔާ މި މީހާ ކޯޓަށް ގޮސްފައިވަނީ، ބާގާ ކިންގު އިން ވިއްކާ ބާގާ، އުމުރު ދުވަހަށް ހޯދުމުގެ ބޭނުމުގައެވެ.

އެމެރިކާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ކާޓިސް މިކަމަށް އެދި ކޯޓަށް ގޮސްފައިވަނީ ބާގާ ކިންގް ފަރާތުން ކަމެއްގެ ބަދަލު ހޯދުމަށެވެ. އެއީ، މި މަޝްހޫރު ފާސްޓް ފުޑް ޗެއިން އިން އެމެރިކާގެ ސިޓީއެއްގައި ހިންގާ ރެސްޓޯރަންޓެއްގެ ފާޚާނާ ތެރޭގައި ތާށިވުމުން އެކަމުގެ ބަދަލެއްގެ ގޮތުންނެވެ.

ކާޓިސް ބުނެފައިވާ ގޮތުގައި ފާޚާނާގައި އޭނާ ތާށިވެފައި ހުރީ އެކަންޏެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު އޭނާ އެތަނުގައި ތާށިވެފައި ހުރީ އެންމެ ގަޑިއިރަކަށެވެ. އެހެންނަމަވެސް، އޭނާ ބަންދުވެފައި ހުރި ގަޑީގައި، އަދި ތަޅު ހަލާކުކޮށްލައިގެން އޭނާ ސަލާމަތްކުރުމަށް މަސައްކަތް ކުރަމުން ދިޔައިރު، ބާގާ ކިންގުގެ މުވައްޒަފުން ހެމުން ދިޔަކަމަށް ބުނެފައިވެއެވެ.

އެދުވަހު ސަލާމަތްވެގެން ގެއަށް ދަމުން، ކާޓިސް އަށް މަޢާފަށް އެދުމުގެ ކުރިން ބާކީ އޮތްތަނުގައި އެތަނުން ހިލޭ ކެވޭނެކަމަށް އެތަނުގެ މުވައްޒަފެއް ބުނެފައިވެއެވެ. 13 ދުވަސް ވަންދެން ކޮންމެ ދުވަހަކު އޭނާ އެތަނުން ކަމުން ދަނިކޮށް، ރެސްޓޯރަންޓުގެ މެނޭޖަރުވަނީ އެކަން ހުއްޓުވާފައެވެ. ކޯޓަށް ދާން ނިންމީ އެހިސާބުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަޒްމީ ނައީމް

    އުމުރު ދުވަހު ހީލޭ ބާގާ ބޭނުން ވެގެން ކޯޓައް ދެން މީ ކީހާ ވަރެއްގެ ކަމެއް . ބާގާ ބާގާ ބާގާ ބާގާ .