ރައްޓެހިންގެ ތެރޭގައިވެސް ވަރަށް ކެޓަގަރީތަކުގެ މީހުން އުޅެއެވެ. ކޮންމެ ދުވަހަކު އެކީ އުޅޭ މީހުންނާއި، ދޭތެރެ ދޭތެރެއިން ދިމާވާ މީހުން އުޅެއެވެ. ކިތަންމެ ދުވަހެއް ކޮށްފައި ދިމާވިޔަސް އެއްވެސް ބަދަލެއް ނާންނަ މީހުންވެސް އުޅެއެވެ. ހަމައެހެންމެ، ހަމައެކަނި ފެނުމުން ވާހަކަ ދައްކާ މީހުންނާއި، ފެނުމުން ހަމައެކަނި ހިނިތުންވެލާ މީހުންވެސް އުޅެއެވެ.

ކޮންމެ ރައްޓެއްސެއްގެ ހުރިހާ މައުލޫމާތު ތިމާއަކަށް ނޭނގޭނެއެވެ. ނުވަތަ އެނގޭނީ ކޮންމެވެސް ވަރަކަށެވެ.

މިފަދަ ކަންކަން ދިރާސާ ކުރާ ފަރާތެއްކަމުގައިވާ ޑރ. ރޮބިން ޑަންބާ ބުނެފައިވާ ގޮތުގައި، އިންސާނަކަށް ގާތް ރައްޓެހިންގެ ގޮތުގައި ގެންގުޅެވޭނީ ގާތްގަނޑަކަށް 150 މީހުންނެވެ. އެވެރެޖުކޮށް 148 މީހުންނެވެ. އެމީހުންގެ އިޖުތިމާޢީ ކަންކަން ހުންނަ ގޮތްގޮތްވެސް އެނގޭނީ މި މިންވަރަށެވެ.

ޑރ. ރޮބިން ބުނެފައިވާ ގޮތުން މިގޮތަށް ކަންތައް ދިމާވަނީ ސިކުނޑީގެ ސަބަބުންނެވެ. އޭނާ ބުނެފައިވާ ގޮތުން، އޭނާ ކުރި ދިރާސާތަކުން އެނގުނު ގޮތުގައި އިންސާނާގެ ސިކުނޑިއަށް ޕްރޮސެސް ކުރުމުގެ ކުޅަދާނަކަން ލިބިފައިވަނީ އެންމެ 150 މީހުންގެ މައުލޫމާތެވެ. އެއަށްވުރެ ގިނަ ވާނަމަ އުނދަގޫތަކެއް ކުރިމަތިވަނީއެވެ.

އޭނާއާއި އޭނާގެ ޓީމުން ކުރި ދިރާސާތަކުން އެނގުނު ގޮތުގައިވެސް ރައްޓެހިންގެ މެދުގައި ގިންތިތަކެއް ހުރެއެވެ. މިކަން ބެލުމަށް އެމީހުން ބޭނުންކޮށްފައިވަނީ ހޮވާލެވިފައިވާ ބައެއް ފަރާތްތަކުގެ ކޯލް ރިކޯޑުތަކާއި ލޮގް ތަކެވެ.

އެހެންނަމަވެސް، އޭގެ މާނައަކީ 150 އަށްވުރެ ގިނަ މީހުންނާ ރައްޓެހި ނުވެވޭނެއެކޭ ނޫނެވެ. އެމީހެއްގެ މައުލޫމާތު ރަނގަޅަށް އެނގޭނީ 150 މީހުންގެ އެކަނި ކަމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކީންޒާ އބްދުﷲ ޔޫސުފް

    ގާތް ތައްޓެހިންގެ ގިތުގަ ގެންގުޅެންވީ ތައުޙީދުގެ އަހުލުވެރީން. ގިނަވީވަރެއް ރަނގަޅީ. ޙިލޭ ގިރިހެނުނެއްނޫން ގެންގުޅެންވީ އޯކޭ ޕާޓު!

  2. ތަޖުރިބާ

    މީ ދޮގެއް.