މަޝްހޫރު ލޮގަރ އެއްކަމަށްވާ ނުސައިރު ޔާސީން (ނަސް ޑެއިލީ) ވީޑިއޯ ހެދުން ހުއްޓާލާފައިއެވެ.

1،000 ދުވަހު 1،000 ވީޑީއޯ ހެދުމަށް ވީޑިއޯ ހެދުން ހުއްޓާލާނެ ކަން ނަސްވަނީ މީގެ ކުރިން ހާމަ ކޮށްފައެވެ. ނަސްގެ އެންމެ ފަހުގެ ވީޑިއޯ މިއަދުވަނީ ދައްކާލާފައެވެ. މިއަދު އޭނާގެ ޕޭޖްއިން އާއްމު ކުރި ވީޑިއޯގައި މިހާތަނަށް އޭނާއަށް އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް ޝުކުރުވަނީ އަދާކޮށްފައެވެ. ނަސް ވީޑިއޯ ހެދުން ހުއްޓާލުން ފާހަގަ ކުރުމުގެ ގޮތުން މިއަދު ބޮޑު އެއްވުމެއް ބޭއްވުމަށްވަނީ ނިންމާފައެވެ. މަލްތާ ގައި ބާއްވާ މިއެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މަލްތާ ގަޑިން 3 ޖަހާއިރުއެވެ.

ދިވެހިންގެ ގިނަ ބައެއްގެ ސަމާލުކަން ނަސްއަށް ހުއްޓުނީ އޭނާ ރާއްޖޭއަށް އައިސް ރާއްޖޭގެ ހާލަތު ކަމަށް ބުނެ އާއްމު ކުރި ވީޑިއޯ އަކާ ގުޅިގެންނެވެ. ރާއްޖޭގައި ނަސް ހެދު ވީޑިއޯއިން ދައްކައިދެނީ ބުރުގާ އަޅާ އަންހެން ކުއްޖަކު ބުރުގާ ނަގަން ބޭނުންވެ، އެކަމަކު މުޖުތަމަޢު އެކަމަށް ހުރަސް އަޅާތީ އެކަން ކުރަން ނުކެރިގެން އުޅޭ ވާހަކައެވެ. ނަސްގެ ވީޑިއޯގައި މިފަދަ ގޮތަކަށް މިކަން ސިފަކޮށްފައި އޮތް ނަމަވެސް ރާއްޖޭގައި ބުރުގާ އަޅާ އަންހެނުން ބުރުގާ މަދުން ނަމަވެސް ފާހަގަކޮށްލެވެއެވެ.

ނަސްގެ މިވީޑިއޯއާއެކު ގިނަ ބައެއްގެ ނަފްރަތު ނަސްއަށް އަމާޒުވެގެން ދިޔައެވެ. އިސްލާމެއް ކަމަށް ބުނެ މީގެ ކުރިންވެސް އިސްލާމް ދީނަށް މަލާމާތް ކޮށްފައިވާ ނަސްގެ މިވީޑިއޯއަށް ގިނަ ދިވެހިން ފާޑު ކިޔަން ފެށުމާއިއެކު ނަސްވަނީ ދިވެހިންނަށް އޭނާގެ ފޭސްބުކް ޕޭޖްއަށް ނުވަދެވޭ ގޮތް ހަދާފައެވެ. ނަސް އޭރު ބުނީ މިގޮތަށް ކަންތައް ކުރީ އެވީޑިއޯއިން ފެންނަ ކުއްޖާއަށް ޓަކައި ކަމަށެވެ. ނަމަވެސް ރާއްޖެއަށް ނުފެންނަ ގޮތަށް އެޕޭޖް ހެދިއިރު، ގިނަ ބަޔަކު ވީޑިއޯ ބަލާފައިވާކަން ފާހަގަކޮށްލެވެއެވެ.

ނަސް ވީޑިއޯ ހެދުން ހުއްޓާލާފައިވާކަން ހާމަކޮށްފައިވާއިރު، ދެން އޭނާ ކުރާނީ ކޮން މަސައްކަތެއް ކަމެއް އޭނާ ހާމަކޮށްފައިއެއް ނުވެއެވެ. ނަސްވަނީ އޭނާ ހަދާ ކަހަލަ ވީޑިއޯ ހެދުމަށް އެޕްލިކޭޝަންއެއް ހަދާފައެވެ. ނަމަވެސް ބަގް ތަކާހުރެ އެކަންވެސްވީ ބޮޑު ފްލޮޕް އަކަށެވެ. އޭގެ ފަހުން ނަަސްވަނީ އޭނާ ސިޔާސީ މައިދާނުގައި މީގެ 10 ވަރަކަށް އަހަރުފަހުން ފެނިދާނެ ކަމަށް އޭނާގެ ވީޑިއޯއެއްގައި ހާމަކޮށްފައެވެ.

ނުސައިރު ޔާސީންއަކީ އިސްރާއީލްއަށް އުފަން ފަލަސްތީންގެ ދަރިކޮޅުގެ މީހެކެވެ. އުޅެބޮޑުވީ އެމެރިކާގެ ނިއުޔޯކް ސިޓީގައެވެ. ހާވާޑް ޔުނިވަރސިޓީއިން 2014 ވަނަ އިކޮނޮމިކްސް އަދި ކޮންޕިއުޓަރ ސައިންސްއިން ޑިގްރީއެއް ނެގުމަށްފަހު، ނަސް މަސައްކަތް ކުރަންފެށީ ސޮފްޓްވެއަރ އިންޖިނިއަރ އަކަށެވެ. ޕޭޕަލްގައިވެސް ނަސްވަނީ މަސައްކަތްކޮށްފައެވެ. އުމުރުން 26 އަހަރުގެ ނަސް އެމަސައްކަތް ހުއްޓާލާ ވީލޮގަރ އަކަށްވީ މީގެ 1،000 ދުވަސް ކުރިންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަން

    އޭނާ މުސްލިމުވެ ހައްދުފަހަނަޅައިފި

    4
    1
  2. ދަންޑެހެލު

    ޝުކުރިއްޔާ ރ.ޔާމީން

  3. ޖަޒީރާމަނިކު

    އެއީނަމުގައި މުސްލިމް، ކަމުގައި ކާފަރު. މީހެއް

    4
    1