މިއަދު އެންމެ ގަދަޔަށް ދެކެވުނު އެއްވާހަކައަކީ މެސެންޖަރ ބްލެކް ވާޝަން ނެރެން އުޅޭ ވާހަކައެވެ. ނަމަވެސް ކޮންޕިއުޓަރ ނުވަތަ ލެޕްޓޮޕްއަށް ދެވި ހިފާފައި ތިބޭ މީހުންނަށް މިއީ ،މާކަ ބޮޑު ވާޙަކައެއް ނޫނެވެ. ނަމަވެސް ގޫގަލް ކްރޮމްވެސް ކަޅު ކޮށްލަން އުޅޭ ވާހަކަ ބުނެފިނަމަ އެވާނީ ވަރަށް ބޮޑު ވާހަކައަކަށެވެ.

ގޫގަލް ކްރޮމްގެ ވާޙަކަތައް ގެނެސްދޭ ޚާއްސަ ވެބްސައިޓްއެއް ކަމަށްވާ "ކްރޮމްއަންބޮކްސްޑް" ގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ކޮރޮމްގެ ބްލެކް ވާޝަން ނެރުމަށް ގޫގަލްއިންދަނީ މަސައްކަތް ކުރަމުންނެވެ. ގިނަ ބައެއްގެ އެދުމުގެ މަތިން މިކަން ކުރުމަށް ނިންމާފައިވާއިރު ގޫގަލް ކްރޮމްއަކީ ގިނަ ބައެއްގެ މެދުގައި މަޤްބޫލް ބްރޯޒާއެއްކަން ފާހަގަ ކޮށްލެއެވެ.

ކޮރޮމްއިން މި ފީޗަރ ޓެސްޓް ކުުމަށް ނިންމާފައިވާއިރު، އަދި މިހާތަނަށް ރަސްމީކޮށް މިކަން ކުރާނެ ކަމުގެ އެއްވެސް އިޝާރާތެއް ކޮރޮމްއިން ދީފައިއެއް ނުވެއެވެ. ކްރޮމްގެ ޑާކް ވާޝަން ވެގެންދާނީ ގިނަ ބައެއްގެ އުންމީދުތައް ހާސިލްކޮށްދޭނެ އެއްޗެކަށްކަން ޔަގީނެވެ.

މިހާރުވެސް ވަކިން ޚާއްސަ އެޑްއޯންއެއް އަޅައިގެން ކްރޮމްގެ އިންޓަރފޭސް ކަޅުކޮށްލެވެއެވެ. ނަމަވެސް ކްރޯމްއިން ނެރެން އުޅޭ މިފީޗަރއާއެކު ތާޑް ޕާޓީ އެޑްއޯން އެއް ބޭނުން ނުކޮށް މިކަން ކުރެވޭނެެއެވެ. މިއަޕްޑޭޓް ވިންޑޯސް އަދި އައި އޯއެސްއަށްވެސް ލިބޭނެ ކަމަށް ނޫސްތަކުން ރިޕޯޓްކުރެއެވެ.