ސްކޫލުގައި ތަޢުލީމު ހާސިލްކުރަމުން ދިޔަ ދަރިވަރަކާއި އެކު ލޯބީގެ ގުޅުން ބޭއްވި ޓީޗަރެއްގެ މައްސަލަ ބަލަން ފަށައިފިއެވެ.

އެމެރިކާގެ އަވަށެއްގައި ހިނގި މި ހާދިސާއާއިގުޅިގެން، އުމުރުން 22 އަހަރުގެ އަންހެން ޓީޗަރަކު ހައްޔަރުކޮށްފައިވާއިރު، އޭނާ އުމުރުން 18 އަހަރު ނުފުރޭ ފިރިހެން ދަރިވަރަކާއި އެކު ލޯބީގެ ގޮތުން ގުޅިގެން އުޅުނު މައްސަލަ ވަނީ ހޫނުވެފައެވެ.

މި އަންހެން މީހާ ހައްޔަރުކޮށްފައިވަނީ، އެފަދަ ކަންތައްތަކެއް ހިނގަމުންދާ ކަމަށް ބުނެ ބެލެނިވެރިންތަކެއް ފުލުހުންނަށް ކުރި ރިޕޯޓްތަކާއި ގުޅިގެން ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. އެ ދަރިވަރާއި ޓީޗަރު، އެކުގައި ތިއްބައި ހައްޔަރުކޮށްފައިވާއިރު، ފިރިހެން ކުއްޖާގެ އާއިލާއިން ވަނީ އޭނާގެ ދިފާޢުގައި، އެދެމީހުން އުޅެނީ ލޯބީގެ ގޮތުން ގުޅިގެންކަމަށް ބުނެފައެވެ.

ދަރިވަރަކާއި އެކު ލޯބީގެ ގުޅުން ބާއްވަމުން ދަނިކޮށް ހައްޔަރުކުރި ޓީޗަރު

ނަމަވެސް ފުލުހުން ބުނެފައިވަނީ، ސްކޫލުގައި ކިޔަވައި ދެމުންދިޔަ ޓީޗަރަކު، ދަރިވަރަކާއި އެކު އެފަދަ ގުޅުމެއް ހިންގުމަކީ ކުށެއް ކަމަށެވެ. އަދި އެ މައްސަލަ ބަލައި ނިމެންދެން އަންހެން މީހާ ހައްޔަރުގައި ބެހެއްޓުމަށް ކޯޓުގެ އަމުރެއްވެސް ފުލުހުން ވަނީ ހޯދާފައެވެ.

މިހާދިސާ އާއި ގުޅިގެން އެ ޓީޗަރު ވަޒީފާ އަދާކުރަމުންދިޔަ ސްކޫލުން އޭނާ ވަކިކޮށްފައިވާއިރު، ފިރިހެން ދަރިވަރު ވަނީ ސަސްޕެނޑުކޮށްފައެވެ. އަދި އެފަދަ މައްސަލަތަކުގައި ހަރުކަށި ފިޔަވަޅު އަޅާނެކަން ސްކޫލުން ވަނީ ދަރިވަރުންނާއި މުވައްޒަފުންނަށް އަންގާފައެވެ.

މި ހާދިސާއާއި ގުޅިގެން ހައްޔަރު ކޮށްފައިވާ އަންހެން މީހާއަށް ދިގު މުއްދަތެއްގެ ޖަލު ޙުކުމެއް އައިސްދާނެ ކަމަށް އޮފިޝަލުން ބުނެފައިވާއިރު. އޭނާ އަށް ވަނީ ކުޑަ ކުއްޖަކަށް ޖިންސީ އަނިޔާ ކުރުމުގެ ދަޢުވާ އުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    ޓީޗަރު ފްރޭމްކޮށްފި. ހަމަ މިހާރު ދޫކޮށްލާ!

    3
    1
  2. ޒީ

    ކެނދިކުޅުދޫ ސްކޫލަކީ ތީގެ ހިސްޓްރީއެއް އޮތް ތަނެއް. މިހާރު 03 ޓީޗަރުން ދަރިވަރުންނާ ކާވެނި ކޮށްފި

  3. މުޙައްމަދު

    ހުސޭނުބޭ ތިނޫން އެއްޗެއް ކިޔަން ކަލޭމެނައް

    ނޭގެނީތަ މިހާރަކައް އައިސް. ނޫހުގަ ކޮއްމެ

    އެއްޗެއް ލިޔުނަސް ކިތަންމެ މުހިއްމު ޚަބަރެއް

    ލިޔެފަ އޮތަސް ކަލޭމެން ނައް ވަނީ މަޖާ

    ކަމަކައް ޒިންމާ ދާރުވެބަލަ ކޮއްމެ ކަމަކައް

    ހަޖޫނުޖަހަ ބަލަ..