ދިވެހިންގެ ތެރޭގައިވެސް މަޤްބޫލުކަމެއް ހޯދި ހިންދީ ޑްރާމާ ސީރީސްއެއް ކަމަށްވާ "އިސް ޕިޔާރ ކޯ ކިޔާ ނާމް ދޫން" ގެ ފުރަތަމަ ސީޒަން އަލުން ސްޓާ ޕްލަސްއިން ދައްކަން ނިންމައިފިއެވެ.

2011 ވަނަ އަހަރު ފެށި ސީރީސް ހުއްޓާލާފައިވަނީ 2012 ވަނަ އަހަރެވެ. އެސީރީސްގެ ދެވަނަ ބައެއް 2013 ވަނަ ފެށުނު ނަމަވެސް ސީރީސްއަށް ވަނީ އެހާ ބޮޑު ތަރުހީބެއް ވަނީ ނުލިބިފައެވެ. އަދި އެސީރީސްގެ ތިން ވަނަ ބައެއް 2017 ވަނަ އަހަރު ފަށާފައިވާއިރު އެ ސީޒަނަށް ވެސް ވަނީ ތަރުހީބެއް ނުލިބިފައެވެ

އަންނަ ހަފްތާ ހޯމަ ދުވަހު އެސީޒަން އަލުން ދައްކަން ފަށާއިރު އެޝޯ ދެއްކުމަށް ނިންމާފައިވަނީ އިންޑިއާ ގަޑިން ހަވީރު 4 ޖަހާއިރު ސްޓާޕްލަސް އިންނެވެ.

ބެލެވޭ ގޮތުގައި ސީރީސް އަލުން ދެއްކުމަށް ނިންމާފައިމިވަނީ އެސީރީސްއަށް ލިބުނު ތަރްޙީބު ބޮޑު ވުމުގެ ސަބަބުންނެވެ.

https://www.instagram.com/p/BsNqZDQloqF/?utm_source=ig_embed

ސްޓާ ޕްލަސްގެ ރަސްމީ އިންޓަގްރާމް އެކައުންޓްގައި މިކަން ހާމަކޮށްވަނީ ޕޯސްޓްއެއްކޮށްފައެވެ. މިސީރީސްގެ ފުރަތަމަ ސީޒަންގައި ފެނިގެން ގޮސްފައިވަނީ ބަރުން ސޮބްޓީ، އަރްނަވް ގެ ރޯލުން އަދިސަނާޔާ އިރާނީ، ހުށީ ރޯލުންނެވެ.