ރޭޕުގެ ޝިކާރައަށް އެތައް އަންހެނުން ވެފައިވެއެވެ. މިކަންކަމުގެ ސަބަބުން ޙަޔާތުގައި ކުރިއަށް ދެވޭނެ ގޮތެއް ނެތިފައިވެސް އެތައް އަންހެނުން އެބަ ތިއްބެވެ. އެގޮތުން މި އަންހެން މީހާއަކީވެސް އެފަދަ ކަންތައްތަކެއް ތަހަންމަލު ކޮށްފައިވާ މީހެކެވެ. މިއީ އެމީހާގެ ވާހަކައެވެ.

އަވަށްޓެރި އިންޑިޔާގެ އުއްތަރަ ޕްރަދޭޝްގެ ޝަމްލީ އަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ މި އަންހެން މީހާއަކީވެސް ރޭޕުގެ ޝިކާރައަކަށްވެ، އެތައް ދަތި އުނދަގޫތަކާ ކުރިމަތިލައިފައިވާ މީހެކެވެ.

އޭނާ ބުނި ގޮތުގައި އޭނާ ރޭޕު ކޮށްފައިވަނީ ފޭސްބުކް އިން ދިމާވި ރައްޓެއްސެކެވެ. ފޭސްބުކުގެ ސަބަބުން އެމީހުންގެ މެދުގައި އެކުވެރިކަން އާލާވި ކަމުގައިވިޔަސް، އެއީ ވިހައެއްކަމުގައި އޭރަނު ނޭނގުނެވެ.

އަންހެން މީހާ އިތުރަށް ބުނެފައިވާ ގޮތުގައި ފޭސްބުކް އިން ދިމާވި މީހާއަށް ކިޔަނީ ސޯނޫ އެވެ. މިކަން ކުރިމަތުވީ އެއް ދުވަހަކު ސޯނޫ ދިން ދައުވަތަކަށް ހޮޓަލަކަށް ދިޔަ ތަނުންނެވެ.

ސޯނޫ، މި އަންހެން މީހާ ރޭޕުކޮށްފައިވާއިރު، އޭނާގެ އާއިލާގެ މެންބަރުން ލައްވާވެސް މި ލަދުވެތި އަމަލު ކޮށްފައިވެއެވެ. އެގޮތުން ސޯނޫގެ ބޭބެމެން ލައްވާވެސް މި ބޭއަދަބީ އަމަލު ހިންގުވާފައިވެއެވެ. ހަމައެހެންމެ، މި ކަންތައްތައް ކޮށް ސޯނޫއާ ކައިވެނި ކުރުމަށް މަޖުބޫރު ކޮށްފައިވެއެވެ.

އެހެންނަމަވެސް، އަންހެން މީހާވަނީ ފުލުހުންނަށް މި މައްސަލަ ހުށަހަޅާފައެވެ. އަދި އެފަރާތްތަކުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަލާ

    ދެން އިވޭނީ ފުލުސް މީހާގެ ޝިކާރައަކަށް އޭނަ ވީި ވާހަކަ