ރީނދޫ އުރަހަލީ ކަންނެލީގެ ވާހަކަ ހުރިހާ ދިވެހިންނަށް ކަހަލަ ގޮތަކަށް އެނގޭނެއެވެ. އެއީ ރާއްޖޭގެ ކަނޑުތަކުން އާއްމުކޮށް ބާނާ، އަދި ދުނިޔޭގެ ބާޒާރުގައިވެސް ނަން މަޝްހޫރު ބާވަތެކެވެ. އެހެންނަމަވެސް، ނޫ ކަނޑުތަކުން ބާނާ ނޫ އުރަހަލީ ކަންނެއްޔަކީ އަދި އެއަށްވުރެވެސް އަގު އަރާ ހުރި އެއްޗެކެވެ.

ދުނިޔެއިން ނެތި ދިއުމުގެ ބިރު ހީވެފައިވާ ބޮޑު، ނޫ އުރަހަލީ ކަންނެއްޔެއް، މިއަދު ވަނީ ވަރަށް ބޮޑު އަގެއްގައި ވިއްކާލާފައެވެ. މި ކަންނެލި ވިއްކާލާފައިވަނީ ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ކުރިއަށް ދިޔަ ނީލަމެއްގެ ތެރެއިންނެވެ.

ނޫ އުރަހަ ލީ ކަންނެލި ކަނޑަނީ

ޖަޕާނުގެ "އެންއެޗްކޭ" އިން ބުނެފައިވާ ގޮތުގައި ތިން މިލިއަން ޑޮލަރުގެ އަގަކަށް މި ކަންނެލި ވިއްކާލާފައިވަނީ ކިޔޯޝީ ކިމުރާ ނަމަކަށް ކިޔާ މީހަކަށެވެ. މިއީ، މަސްވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވަމުންދާ މީހެކެވެ.

ޖަޕާންގެ އައޮމޯރީ ޕްރިފެކްޗަރގެ ކައިރިން މި މަސް ބާނާފައިވާއިރު، ފެންނަ ފެނުމަށް ވަރަށް ތާޒާހެން އަދި މަސް ވަރަށް މީރުވާނޭހެން ހީވާކަމަށްވެސް ކިމުރާ ބުނެފައިވެއެވެ. މަސް ގަތުމަށްފަހު އެތަނުގައި މި މަސް ވަނީ ކަނޑާފައެވެ.

މި ނޫ އުރަހަލީ ކަންނެލީގެ ބަރުދަނުގައި 278 ކިލޯގްރާމު ހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު