ހަ އަހަރުފަހުން އަމްރިތާ ރާއޯ އަނެއްކާ ވެސް ފިލްމަކުން ފެނިގެންދާނެ ކަމަށް އޭނާ ބުނެފިއެވެ.

'ވިވާހު' އަދި 'މޭ ހޫން ނާ' ފަދަ ފިލްމުތަކުން ބޮޑު މަޝްހޫރުކަމެއް އަމްރިތާ ހޯދައިފައިވާއިރު އޭނާ އަކީ ކާމިޔާބު އެތަކެއް ފިލްމެއް ކުޅެދީފައިވާ ތަރިއެކެވެ.

އަމްރިތާ ބުނިގޮތުގައި ހަ އަހަރު ފިލްމު އިންޑަސްޓުރީ އާ ދުރުގައި ހުރުމަށްފަހު އޭނާ ދެން ފެނިގެންދާނީ އަންނަ މަހު ފިލްމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ފިލްމު ތަކޭރޭ އިން އިންނެވެ.

ތަރޭކާއަކީ އަބީޖީތް ޕަންސޭ ލިޔެ ޑައިރެކްޓުކުރާ އެފިލްމުގައި އަމްރިތާއާއެކު ފެނިގެންދާނީ ނަވާޒުއްދީނެވެ.

އަމްރިތާ ބުނީ ނަވާޒުއްދީން ފަދަ އެކްޓަރަކާއި އެކު މަސައްކަތް ކޮށްލުމުގެ ފުރުސަތު ލިބިގެން ދިއުމަކީ އެނބުރި ފިލްމީދާއިރާ އަށް އަންނައިރު ލިބުނު ވަރަށް ބޮޑު ޝަރަފެކެވެ.

އަމްރިތާ އެންމެ ފަހުން ފެނިގެން ދިޔައީ ޖޯލީ އެލް އެލް ބީ އިންނެވެ.

ކިޔުންތެރިންގެ ހިޔާލު