ފަޓުލޫނު ތެރެއަށް ލައިގެން ސިންގަޕޫރަށް ބުޅާ އެތެރެ ކުރަން އުޅުނު މީހަކު ހިފަހައްޓައިފިއެވެ.

ގަވާއިދާއި ހިލާފަށް، ފޮރުވައިގެން އެތެރެ ކުރަން މަސައްކަތް ކުރި ހަތަރު ބުޅާ މިހާރު ތިބީ އެ ގައުމުގެ ކަސްޓަމްސްގެ ބެލުމުގެ ދަށުގައެވެ. އެ މައްސަލަ ކަސްޓަމްސް އިން ދަނީ ބަލަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މި މަހުގެ ދެ ވަނަ ދުވަހު އުމުރުން 45 އަހަރުގެ ފިރިހެނަކު ބުޅާތަކެއް ފަޓްލޫނު ތެރެއަށް ލައިގެން ސިންގަޕޫރަށް އެތެރެވުމަށް މަސައްކަތް ކޮށްފައި ވަނީ ކާރެއްގައެވެ.

ކާރެއްގައި އޭނާ ސިންގަޕޫރަށް އެތެރެވާން އުޅެނިކޮށް ކަސްޓަމްސް އިން އެ މީހާ ހިފަހައްޓާފައި ވަނީ ޓުއާސް ޗެކް ޕޮއިންޓުންނެވެ. އެ ގައުމުގެ ކަސްޓަމްސް އިން ބުނިގޮތުގައި، އެ މީހާ ބުޅާތަކެއް އެތެރެ ކުރާކަން ޝައްކު ކުރެވުނީ، އެ ކާރު ތެރެއިން ބުޅާ ތަކެއްގެ އަޑު އިވިގެން ޗެކް ކުރުމުންނެވެ.

މިހާރު އެ މީހާ ހައްޔަރުކޮށްފައިވާއިރު، ހާއްސަ ހުއްދައެއް އޮވެގެން ނޫނީ ޖަނަވާރު އެއްޗެސް ސިންގަޕޫރަށް އެތެރެ ނުކުރެވޭނެއެވެ. މިގޮތަށް އެތެރެކޮށްފިކަން ފަޅާއަރައިފިނަމަ އެ މީހަކު ބޮޑު އަދަދަކުން ޖޫރިމަނާ ކުރާއިރު، އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއްވެސް އައިސް ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު