"އަލާދީން" ނުވަތަ "އަލާއުއްދީން" ކާޓޫނާއި ވާހަކައިން އެންމެ ގިނަ ބައެއްގެ ޝައުގުވެރިކަން ދަމާލި އެއްޗަކީ އުދުހޭ މުއްސަލައެވެ. އެއީ އަސްލު އެއްޗެއްކަމުގައިވާނަމަ، ކިތަންމެހާވެސް ރަނގަޅު އެއްޗެއްކަމުގައި ދެކޭ މީހުން ބައިވަރެވެ. އެހެންނަމަވެސް، އެންމެން ވިސްނައިގެން ތިބީ އެއީ ޚިޔާލީ ދުނިޔޭގެ ޚިޔާލީ އެއްޗެއްކަމުގައެވެ.

1992 ވަނަ އަހަރު ޑިޒްނީ އިން ނެރުނު އެނިމޭޓެޑް ފިލްމު ކަމުގައިވާ އަލާދީން ގައި ދައްކުވައިދިން މި އުދުހޭ މުއްސަލަ އަސްލަކަށް ބަލައިގެން، އޭގެ އަސްލު އެއްޗެއް އުފެއްދުމުގެ މަސައްކަތް ސައިންސްވެރިން ދަނީ ކުރަމުންނެވެ. އަދި މި މަސައްކަތް ކާމިޔާބު ކުރެވޭނޭ މަގެއް އެފަރާތްތަކަށް ފެނިފައިވާކަމަށްވެސް ބުނެފައިވެއެވެ.

ސައިންސްވެރިން ބުނެފައިވާ ގޮތުގައި އެފަރާތްތަކުން މި މުސައްލަ އުފައްދަނީ ޓޫ-ޑައިމެންޝަނަލް އަށެވެ. ޓޫ ޑީ ކޮށް މުސައްލަ އުފައްދާއިރު، މުސައްލަ އުދުހެނީ ނުވަތަ މުސައްލަ ހަރަކާތް ކުރަނީ އޭގައި އެކުލެވޭ ރިއަކްޓަންޓް ފިލްޑް ފްލުއިޑް އެއްގެ ސަބަބުންނެވެ. މި ފްލުއިޑް އަކީ ކެމިކަލެއްކަމަށްވެސް އެފަރާތްތަކުން ބުނެފައިވެއެވެ.

އެމެރިކާގެ ޔުނިވަރސިޓީ އޮފް ޕިޓްސްބާގް ގައި މި މަސައްކަތް ކުރަމުންދާއިރު މަސައްކަތުގައި ހަރަކާތްތެރިވާ އެއް ސައިންސްވެރިއަކު ބުނެފައިވަނީ މި މުސައްލަ އަސްލަކަށް ވާން ގާތްވެފައިވީނަމަވެސް، އަމިއްލަ ޒާތުގައި މޫވް ކުރާ މަސްނޫވީ އެއްޗެއް އުފެއްދުމަކީ ވަރަށް ގޮންޖެހުން ބޮޑު މަސައްކަތެއްކަމުގައެވެ.

މި މުސައްލަ، ކެމިކަލްތަކުގެ އެހީގައި މަސައްކަތް ކުރާނެ ގޮތުގެ ޑިޒައިން ވީޑިޔޯ އެއް ތިރީގައި އެވަނީއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Happy

    ނުވާނެ މިކަމެ

  2. #

    މިކަހަލަ ކިތަންމެ ކާޓޫނެއްގެ މަންޒަރު ތަކެއް އެބަހުރި ހަގީގަތަކަށް ވެފަ. އަދި ކާޓޫނު ތަކުގަގެންގުން ބައެއް އެއްޗެހިވެސް އެބަހުރި ފަހުގެ ޓެކްނޮލޮޖީގެ ގޮތުގައި އުފައްދާފަ. ނިކަން ގަބޫލު ނުކުރެވެންޏާ ގޫގުލް ސާރޗް ކޮއްގެން ބަލާބަލަ!