ދުނިޔޭގައި އުޅޭ ކޮންމެ މީހަކީ ފުރިހަމަ މީހެއް ނޫނެވެ. ބައެއް މީހުންގެ ދިރިއުޅުމަކީ އުދަނގޫ ދިރިއުޅުމެކެވެ. ބައެއް ކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ އާދައިގެ މީހުންނާއި ވަރަށް ތަފާތު ބައެކެވެ. ބައެއް ފަހަރު ނުކުޅެދުންތެރިކަމުގެ ސަބަބުން މީހުންގެ ފުރައްސާރައާއި މަލާމާތާއި އެފަރާތްތަށް ކުރިމަތިލާން ޖެހެއެވެ.

އެގޮތުން އެމެރިކާގެ ޓެކްސަސްއަށް އުފަން އުމުރުން 11 އަހަރުގެ އަޑާލިއާ ރޯސް އަކީ ފާހަގަކޮށްލެވޭ ކުއްޖެކެވެ.

އުމުރުގެ އެހެން ކުދިންނާއި ހިލާފަށް އަޑާލިއާއަކީ މުސްކުޅި ސިފައެއް ލިބިގެންވާ ކުއްޖެކެވެ. އަޑާލިއާގެ މޫނު މަތިން އޭނާ ސިފަވަނީ 100 އަހަރުގެ މުސްކުޅިއެއް ފަދައިންނެވެ.

ޑޮކްޓަރުން ބުނާ ގޮތުގައި އަޑާލިއާއަށް ޖެހިފައިވަނީ ދުނިޔެއިން މަދުން ނޫނީ ނުފެންނަ ޕްރޮޖޭރިއާ ނުވަތަ ހުޓްޗިންސަން-ގިލްފޯޑް ޕްރޮގޭރިއާ ސިންޑްރޯމްއެވެ. އަދި އެބަލީގެ ޝިކާރައަކަށްވާ ފަރާތްތަށް އެންމެ ގިނައިންވެސް ދުނިޔޭގައި ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 14 އަހަރެވެ. އެހެންކަމުން އަޑާލިއާގެ ހިތްދަތި ދިރިއުޅުމުގައި މިހާރު އޭނާ ގުނަމުން އެދަނީ ހަޔާތުގެ އެންމެ ފަހު ދުވަސްތައްކަމުގައި ޑޮކްޓަރުން ބުނެއެވެ.

އަޑާލިއާއަކީ ސަކަ މިޒާޖެއްގެ ކުއްޖެކެވެ. އެހެންކަމުން އޭނާ ކުރާ ބައެއް ކަހަލަ ކަންކަން އޭނާގެ މައިންބަފައިން ޔޫޓިއުބާއި އިންސްޓާގްރާމްގައި ހިއްސާކުރެއެވެ. އަޑާލިއާގެ ބައްފަ ރިޔާން ބުނި ގޮތުގައި އިންސްޓަރގްރާމްގައި އަޑާލިއާގެ ފޮލޯވާސް ގެ އަދަދު 14 މިލިއަނަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މި

    ސުބުހާނަﷲ.
    އަލްހަމްދު ލިﷲ