އިންޑިއާގެ މަދިޔަ ޕްރަދޭޝްގައި ކުޑަ ކުއްޖަކު ބަނޑުހައިވެގެން ސޫފި މަރާ ބޭސް ބޮއެފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ކުއްޖާ ސޫފި މަރާ ބޭސް ބުއިމާއި ގުޅިގެން އޭނާގެ ހާލު ވަރަށް ބޮޑަށް ވަނީ ގޯސްވެފައެވެ. އަދި އޭނާއަށް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކުޑަކުދިންގެ ރައްކާތެރިކަމާއި ބެހޭ ކޮމިޝަނުން މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ވަރަށް ގާތުން ބަލަމުން އެބަދެއެވެ. އަދި އެކަމުގައި ބައެއްގެ އިހުމާލު ވޭތޯ ބަލާ ފިޔަވަޅު އަޅަން ޖެހިއްޖެ ނަމަ ފިޔަވަޅު އަޅާނެކަމަށް ބުނެފައި ވެއެވެ.

މި ހާދިސާ ހިނގި ކުއްޖާއާ ގުޅޭ އެއްވެސް އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

މިދިޔަ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހު މި ހާދިސާ ހިނގިއިރު، މި ހާދިސާ ހިނގަން މެދުވެރިވީ، އާއްމު ފިހާރައަކަށް އެ ކުއްޖާ ގޮސް އެތައް ފަހަރަކު އޭނާއަށް ގޮދަން ދިނުމަށް އެދުމުންވެސް ނުދިނުމުން، ބަނޑުހައިވެގެން ގޮސް ކަމަށް ވެއެވެ.

މި ހާދިސާ ގުޅޭ ރިޕޯޓް ވަރަށް އަވަހަށް އާއްމު ކުރާނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެެވެ.

ކިޔުންތެރިންގެ ހިޔާލު