އިންޑިއާގެ ޕްރައިވެޓް ހޮސްޕިޓަލެއްގައި ހިތާނަ ކުރި 23 ދުވަސްވެފައިވާ ތުއްތު ކުއްޖާއަށް ހިތާނަ ކުރުމުގެ ތެރޭގައި ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް ކެރެލާގެ ސްޓޭޓް ހިއުމަން ރައިޓްސް ކޮމިޝަނުން ސްޓޭޓް ގަވާމެންޓަށް އަންގައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ކުއްޖާ ހިތާނަ ކޮށްފައި ވަނީ ވަރަށް ފަރުވާ ކުޑަކޮށެވެ. އެހެންވެ އެ ކުއްޖާގެ މައިންބަފައިން އެ މައްސަލަ ޖައްސާ ގެއްލުމުގެ ބަދަލު ހޯދަން އެދުނެވެ.

މަލައްޕުރަމްގައި ހުންނަ އެ ހޮސްޕިޓަލްގައި ކުއްޖާ އޮޕަރޭޝަން ކުރި ޑޮކްޓަރަކީ އެމްބީބީއެސް ޑިގްރީއަކާއި، ތިން އަހަރު ދުވަހުގެ ސިއްހީ ދާއިރާގެ ތަޖުރިބާ ހުރި ޑޮކްޓަރެެއް ކަމަށް ވެއެވެ.

ނަމަވެސް އެ ކުއްޖާ ހިތާނަ ކުރުމަށްފަހު، ކުޑަކުމުދާ ނިޒާމް އިންފެކްޓްވިއެވެ. އަދި އެ އިންފެކްޓްވި ބައި ނެގުމަށް ފަހުން ވަނީ އެހެން އޮޕަރޭޝަނެއްވެސްކޮށްފައެވެ.

އެހެންވެ އެ މައްސަލަ ޑިސްޓްރިކް މެޑިކަލް އޮފީހުގައި ޖެއްސިއިރު، އެ މީހުން ބުނީ، އެގޮތަށް ދިވާމީ ޑޮކްޓަރުގެ އެފަދަ އޮޕަރޭޝަނެއް ކުރުމުގެ ތަޖުރިބާ ނެތުމުން ކަމަށެވެ. އަދި އެ ހޮސްޕިޓަލުގައިވެސް އެފަދަ އޮޕަރޭޝަނެއް ކުރެވޭނެ ފަދަ ރަނގަޅު ވަސީލަތްތަކެއް ނެތްކަންވެސް އެ މީހުން ފާހަގަކުރިއެވެ.

އަދި އެ އޮފީހަށް އެނގުނުގޮތުގައި، އެ ކުއްޖާއަށް ފަރުވާ ދިނުމަށް އެ ކުއްޖާގެ މައިންބަފައިން 1.2 ލައްކަ ރުޕީސް ހަރަދު ކުރިއެވެ. އެހެންވެ ބަދަލުގެ ގޮތުގައި އެ އާއިލާއަށް 2 ލައްކަ ރުޕީސް ދިނުމަށް ސްޓޭޓް ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ސަރުކާރަށް އަންގާފައެވެ.

އަދި އެ ހޮސްޕިޓަލް ބަންދު ކުރުމަށްވެސް އެންގިއިރު، އެހާ ކުޑަކުދިންގެ އެފަދަ އޮޕަރޭޝަންތައް ނުކުރުމަަށްވެސް އެންގިއެވެ.

ކިޔުންތެރިންގެ ހިޔާލު