ޗައިނާއަށް ނިސްބަތްވާ ދަރިން ނުލިބޭ އަންހެނަކު، ކުއްޖަކު ބޭނުންވެގެން އެންމެ ފަހުން ގޮސް ހޮސްޕިޓަލަކަަށް ވަދެ ކުއްޖަކު ވަގަށް ގެންދިޔަ މައްސަލާގައި ހައްޔަރުކޮށްފިއެވެ.

ޒިންޖިއަންގ ނަމަކަށް ކިޔާ އެ އަންހެން މީހާއަކީ މީގެ ކުރިން އެތައް ފަހަރަކު ބައިގެން ގޮސްފައިވާ އަންހެނެއްކަމުން އޭނާއަށް މިހާރު ދަރިން ނުލިބެއެވެ. ނަމަވެސް އޭނާ ވަރަށް ދަރިއަކު ބޭނުންވެއެވެ.

އެހެންވެ ޒިންގޖިއަން ވަނީ ހާ ހޮސްޕިޓަލަށް ވަދެ ވައްކަން ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

މިދިޔަ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ޒިންގޖިއަންގ އެ ހޮސްޕިޓަލަށް ވަދެ ބްލޭންކެޓެއްގެ ތެރެއަށް އެ ކުއްޖާ ލައިގެން ވަނީ ހޮސްޕިޓަލުން ނުކުމެފައެވެ. އެ މަންޒަރު ރެކޯޑް ކުރެވިފައިވާއިރު، އެކަން ހޮސްޕިޓަލުގެ ސަމާލުކަމަށް އައީ އެ ކުއްޖާ ބާއްވާފައި އޮތް ކުޑަ އެނދުގައި ކުއްޖާ ނެތުމުން ނަރުހަކު އެކަން އެންގުމުންނެވެ. އަދި ވަގުތުން އެކަން ފުލުހުންނަށްވެސް އެންގިއެވެ.

ފުލުހުން ސީސީޓީވީ ފޫޓޭޖްއިން ބެލިބެލުމުން އެނގުނުގޮތުގައި، ޒިންގޖިއަންގ ވަގަށް ނަގާފައި ވަނީ ނިދާފައި އޮތް އަންހެނެއްގެ ދަރިއެވެ. އޭނާ އެ ކުއްޖާ ވަގަށް ނަގައިގެން ގޮސް ކާރަކަށް އަރައިގެން ދާ މަންޒަރު ސީސީޓީވީ ފޫޓޭޖުން ފެނެއެވެ. ފުލުހުންނަށް އެ އަންހެން މީހާ ހޯދަން ފަސޭހަވީ އެ ކާރުގެ ލައިސަންސް ޕްލޭޓް ނަމްބަރުންނެވެ.

ފުލުހުން ވަނީ ވަގުތުން އެ ކާރުގައި އިން ޑްރައިވަރަށް އަންގާ އެ މީހުން އަންނަންދެން ކާރުގައި އިން ފަސެންޖަރު މަޑު ކުރުވުމަށް އަންގާފައެވެ.

ޒިންގޖިއަންގ ވަނީ ފުލުހުންނަށްވެސް އޭނާގެ ހާލަތު ބަޔާންކޮށްފައެވެ.

މިހާރު އެ ކުއްޖާ އޭނާގެ މައިންބަފައިންނާއި ވަނީ ހަވާލުކޮށްފައެވެ. އަދި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު