މި ދައްކަނީ ބޮލީވުޑްގެ ބަތަލް ޝާހް ރުކް ހާންގެ ވާހަކައެވެ. އެއީ މިހާރު ބޮޑު މުއްސަންޖެކެވެ. މަޝްހޫރުވުމުގެ ކުރިން އެކި ކަންތައްކޮށް އުޅުނު ނަމަވެސް، މިހާރު އޭނާއަށް ފައިސާގެ ދަތިކަމެއް ނެތެވެ.

ނަމަވެސް ކުރީގައި އަތުގައި ފައިސާ ނެތިގެން ކުރެވުނު ގޯސްކަމެއްގެ ވާހަކަ ޝާހް މިވަނީ ކިޔާދީފައެވެ.

ޝާހްރުކް ހާން ބުނީ، އޭނާގެ ކާރުގެ ޓައިރު ފަޅައިގެން ދިޔަ ކަން އެނގިގެން، އިތުރު ގޮތެއް ނެތިގެން އޭނާ އެހެން މީހެއްގެ ކާރުގެ ޓައިރަކާއި އޭނާގެ ކާރުގެ ޓައިރު ބަދަލު ކުރީ ކަމަށެވެ.

"އަހަރެންގެ ކާރުގެ އެއް ޓައިރު ރަނގަޅު ކުރަން އުޅުމުގެ ތެރޭގައި އަހަންނަށް އެނގިގެން ދިޔަ އަނެއް ޓައިރުވެސް ފަޅައިގެން ގޮސްފައި ހުރިކަން. އެހެން ހުއްޓާ އެ ކާރު މަޑުކޮށްފައި ހުރިތަނާއި މާ ދުރުނޫން ހިސާބަކުން ފެނުނު އަހަރެން ދުއްވާ ވައްތަރުގެ ކާރެއް. އަހަރެން އެ ކާރުގެ ޓައިރާއި އަހަރެންގެ ކާރުގެ ޓައިރާއި ބަދަލު ކުރީ". އޭނާ ބުންޏެވެ.

އޭނާ މިގޮތަށް ކިޔާދިން ނަމަވެސް، އެ ހާދިސާ ހިނގާދިޔަ ސަރަހައްދު އޭނާ ބުނެފައެއް ނުވެއެވެ. އަދި އެ ޓައިރު ބަދަލު ކުރުމަށްފަހު ޝުކުރު އަދާކޮށް ނޯޓެއް ލިޔެ އެތަނުގައި ބޭއްވި ކަމަށްވެސް އޭނާ ބުންޏެވެ.

އިތުރަށް ޝާހްރުކް ބުނިގޮތުގައި، އޭނާ އެގޮތަށް ކަންތައް ކުރީ އިތުރު ގޮތެއް ނެތިގެންނެވެ. އަދި އޭނާއަކީ ވައްކަން ކުރާ މީހެއް ނޫންކަމަށްވެސް ޝާހްރުކް ބުންޏެވެ.އަދި އެއީ ހަމައެކަނި އެއްފަހަރު ކުރެވުނު ކަމެއް ކަމަށް އޭނާ ބުންޏެވެ.

ޝާހްރުކްގެ އެންމެ ފަހުން ނުކުތީ ފިލްމް "ޒީރޯ"އެވެ. އެ ފިލްމަށް އޭނާ ބޭނުންވި ތަރުހީބެއް ލިބިގެން ގޮސްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދިވެއްސަކު ނުކުރާނެ މިކަހަލަ ކަމެއް

  2. މިހާރު މަޖާ ކަމަކަށް ވީ ފަގީރަކު ކުރި ކަމެއް ނަމަ ޖަލަށް
    އެހާ ފަގީރު ނަމަ ކާރެއް ނޯންނާނެ