ކަރަން ޖޯހަރްގެ ކޮފީ ވިތް ކަރަންއަކީ ތަރިންގެ ގިނަ ވާހަކަތަކެއް ހާމަވާ ޝޯވއެކެވެ. އަބަދުވެސް ކޮންމެވެސް އެއް ތަރިއެއް ނުވަތަ ދެ ތަރިއަކާއެކު އޭނާގެ އެ ޝޯވގައި ސުވާލު ފަށެއް ތަރިންނަށް ކޮށްލައެވެ. އަދި ތަރިންގެ ފަރާތުން ގިނަ މައުލޫމާތުތަކެއް ހޯދައެވެ.

އެގޮތުން ދާދިފަހުން ކަރަން ވަނީ ޝާޙިދު ކަޕޫރާއި އޭނާގެ ކޮއްކޮ އިޝާން ކަޕޫރް ޝޯވއަށް ގެނެސްފައެވެ. އަދި ދެތަރިންނާއެކު ތަފާތު ވާހަކަދެއްކިއިރު، ގިނަބަޔަކަށް އެންމެ ފާހަގަވެގެންދިޔައީ ޝާހިދުގެ ކުރީގެ ލޯބިވެރިޔާ ޕްރިޔަންކާ ޗޯޕްރާގެ ފިރިމީހާ ނިކް ޖޮނަސްއަށް ޝާހިދު ދިން ކުޑަ ނަސޭހަތުގެ ވާހަކައެވެ.

ކަރަން ޝާހިދު ކައިރިން ނިކްއަށް ދޭނެ ނަސޭހަތަކީ ކޮބައިތޯ އެހުމުން ޝާހިދު އެދުނީ، ފަހަތަށް ނުޖެހުމަށެވެ. އަދި ނިކްއަށް ލިބިފައި ވަނީ "އޮރިޖިނަލް ޑޭޒީ ގާލް"އެއްކަމަށްވެސް ވަނީ ބުނެފައެވެ.

މިގޮތަށް ޝާހިދު ބުނީ އެއް ލޯ މަރާލާފައެވެ. ޝާހިދު މިގޮތަށް ބުނިއިރު، އެ ޝޯވގައި ކަރަން ވަނީ އިޝާންއާވެސް ސުވާލުތަކެއްކޮށްފައެވެ. އެގޮތުން އިޝާން އާއި ޖަންވީއާއި ގުޅުމެއް އޮތްތޯ އޭނާ ވަނީ ސުވާލުކޮށްފައެވެ.

ނަމަވެސް އެކަމަށް އިޝާން ބުނީ ނޫން ކަމަށެވެ. އަދި އެއީ އަބަދުވެސް އިޝާން އުޅޭގޮތް ކަމަށް ޝާހިދު ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖޮއްބެ

    މީހަކު ދޭ ނަސޭޙަތެއް ގަބޫލު ނުކުރެވޭވަރަށް އެސޮރަށް ޕްރިޔަންކާ ލޮނުދައްކާފައޭ ހުރީ.