ނޮކިއާއަކީ ވަރަށް ވަރުގަދަ ފޯން ބްރޭންޑަކަށްވެފައި ވަނީ އެ ކުންފުނިން ނެރުނު ބައްތި ފޯނުގެ ސަބަބުންނެވެ. އެ ބްރޭންޑްގެ ފޯންތައް ވަރަށް ވަރުގަދައެވެ. ގިނަ ދުވަހުވެސް ގެންގުޅެވެެވެ. ނަމަވެސް އެފަދަ ފޯނު ގެންގުޅޭނީ ވަަރަށް އާދައިގެ މީހުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. މިފަހަރު ދައްކަން މި އުޅެނީ ނޮކިއާ ފޯނެއްގެ މޮޅު ވާހަކައެއް ނޫނެވެ.

ދައްކަން މި އުޅެނީ ކާރު ގެންގުޅެނީ މުއްސަނދި މީހުން ކަމާއި، ބައިސްކަލު ގެންގުޅޭނީ ވަރަށް އާދައިގެ މީހުންކަމަށްވެސް ގިނަބަޔަކު ގަބޫލުކުރާ މީހުންނަށް ސިއްސުވާލާވަރުގެ ހާދިސާއެއްގެ ވާހަކައެވެ. އެތައް ބަޔަކަަށް ހައިރާންކަން ގެނުވި އެ ހާދިސާއަކީ ބައިސްކަލަކުން ކާރެއްގައި ޖެހި ހިނގި އެކްސިޑެންޓްގައި، ބައިސްކަލަށް އެއްވެސް ގެއްލުމެއް ނުލިބި ސަލާމަތްވި ހާދިސާއެވެ.

އެ ހާދިސާގައި ހުދު ކުލައިގެ އެ ކާރުގައި ބައިސްކަލު ޖެހުނުތަން ވަރަށް ބޮޑަށް ބަޑިވެފައި ވެއެވެ. ކާރަށް އެހާ ބޮޑެތި ގެއްލުންތަކެއްވެ، އެ ކުޑަކުޑަ ބައިސްކަލު ސަލާމަތްވީތީ ގިނަ ބަޔަކު އެތިބީ ހައިރާންވެފައެެވެ.

ޗައިނާގެ އަވަށެއްގައި އެ ހާދިސާ ހިނގިއިރު، އެ ހާދިސާގައި އެއްވެސް މީހަކަށް ބޮޑެތި ގެއްލުންތަކެއް ވެފައެއް ނުވެއެވެ.

އެ ހާދިސާ ހިނގި މަންޒަރުގެ ފޮޓޯތައް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ފޮޓޯތަކަށް ޖޯކު ޖަހާފައި ގިނަ ބަޔަކު މަލާމަތްވެސް ކުރަމުން ދެއެވެ. އެކަކު ބުނިގޮތުގައި، އެ ބައިސްކަލް ހަދާފައި ވަނީ ނޮކިއާ އިންނެވެ. އަދި އެ ބައިސްކަލް ގަންނަން ބޭނުންވާކަމަށް ބުނަމުންދާ މީހުންވެސް މަދެއް ނޫނެވެ.

އެއީ ކޮން ބްރޭންޑެއްގެ ބައިސްކަލެއްކަމެއް ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އުދުހޭ ކާރު

    އަސްލު އެކާރު މޮޅީ ހަދާފަހުރިގޮތް، ތަނެއްގަ ޖެހުމުން އަންނަ ފޯސްގެ އިމްޕެކްޓު ކުޑަވާގޮތަށް ޑިޒައިންކޮށްފަ ހުރުމުން ކާރަށް ގެއްލުންވާނެ އެކަމު އެއިންދަތުރުކުރާމީހުންނަށް އަސަރުކުރުން ވ.ކުޑަވާނެ! ތީ ވ.މޮޅުކާރެއް!