މެލޭޝިއާގެ ރަސްގެފާން ސުލްތާން މުހައްމަދު އިއްޔެ ރަސްކަމުން އިސްތިއުފާ ދެއްވީ ރަޝިއާގެ ރީތީގެ ރާނީގެ މަގާމު މީގެ ކުރިން ހޯދާފައިވާ ބޭކަނބަލަކާއި ކައިވެނި ބައްލަވައި ގަންނަވަން ވެގެން ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މިއީ 1957 ވަނަ އަހަރު އިނގިރޭސީންގެ ކިބައިން މެލޭޝިއާ މިނިވަންވި ފަހުން އެގައުމުގެ ރަސްކަލަކު ރަސްކަމުން އިސްތިއުފާ ދެއްވި ފުރަތަމަ ފަހަރެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ރަސްގެފާން މުހައްމަދު ރަސްކަމުން އިސްތިއުފާ ދެއްވީ ރަޝިއާގެ ރީތީގެ ރާނީއަކާއި ކައިވެނި ބައްލަވައި ގަންނަވަން ކަން ރަސްމީކޮށް އެއްވެސް ފަރާތަކުން ކަށަވަރު ކޮށެއް ނުދެއެވެ. ނަމަވެސް މައުލޫމާތު އެނގޭ ބައެއް ފަރާތްތަކުން މީޑިއާ އާއި ހިއްސާކޮށްފައިވާ މައުލޫމާތައް ބަލާއިރު ރަސްގެފާން މުހައްމަދު އުޅުއްވަނީ ރަޝިއާގެ ރީތީގެ ރާނީއަކާއި ލޯބީގެ ގޮތުން ގުޅިގެންނެވެ.

މެލޭޝިއާގެ ރަސްގެފާނަކު ގައުމުން ބޭރުގެ ބޭކަނބަލަކާއި ކައިވެނި ބައްލަވައިގެންނެވުމަކީ އެގައުމުގެ ޒަމާންވީ އާދަކާދަތަަކާއި ހިލާފު ކަމެކެވެ.

މެލޭޝިއާގެ ރަސްކަން ކޮންމެ ފަސް އަހަރަކުން ބަދަލުވެއެވެ. މެލޭޝިއާގައި ރަސްކަން ކުރާ ހަތް ދަރިފަސްކޮޅެއް އޮވެއެވެ. ކޮންމެ ފަސް އަހަރަކުން އެއިން ކޮންމެވެސް އެއް ދަރިފަސްކޮޅެއްގެ ރަސްކަލަކު ރަސްކަމަށް އިސްވާނެއެވެ.

ރަސްގެފާން މުހައްމަދު ރަސްކަމަށް އިސްވީ 2016 ވަނަ އަހަރު އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދައުރު ނިމެންދެންވެސް މަޑެއް ނުކުރެވުނު ދޯ... ސާބަހޭ އިނގޭ.. ރީއްޗަކީ ސުންޕާކަމެއް.

  2. އެއީ ލޯތްބަކީ

  3. ހަގީގީ ލޯބި ވިއްޔާ ރަނގަޅުތާދޯ. މާޝާﷲ. އެއީ ރީތިވީމަ ވެވޭ އެއްޗެއް ނޫން އެހެންނު