ކައިރި މުސްތަގުބަލެއްގައި ދުނިޔެ އަށް ވެއްޓިދާނެ ގިނި ހިލަތަކުން ދުނިޔެ ސަލާމަތް ކުރާނެ ނިޒާމެއް ތަޖުރިބާ ކުރަން ގިނި ހިލައަކަށް ޖައްވީ އުޅަނދެއް ވައްޓާލަން ނަސާއިން ތައްޔާރުވެއްޖެއެވެ.

ދިފާއީ ނިޒާމުގެ އަސްލަކަށް ބަލައިގެން 2021 ވަނަ އަހަރު ނާސާގެ އުޅަދެއް ގަޑިއަކު 13,500 މޭލު (ސިކުންތަކު 6 ކިލޯމީޓަރު) ގެ ބާރު ދުވެލީގައި ގިނި ހިލައެއްގައި ޖައްސަން ވަނީ ނިންމާފައެވެ.

މި ޓެސްޓް ކާމިޔާބު ވެއްޖެ ނަމަ އެއިދާރާއިން ބުނީ ކުރިމަގުގައި ދުނިޔެއާއި ދިމާލަށް މިސްރާބު ހުންނަ ގިނި ހިލައިގެ މިސްރާބު ބަދަލު ކުރަން ނިއުކިލިޔާ ހަތިޔާރު ބޭނުން ކުރެވޭނެ ކަމަށެވެ.

ނިއުކިލިޔާ ހަތިޔާރު ބޭނުން ކޮއްގެން ދުނިޔެ އަށް ނުރައްކާވާ ގިނި ހިލަތަށް ނައްތާލުމުގެ ވިސްނުމަކީ މީގެ ކުރިން ވެސް އެ އިދާރާއިން ވިސްނާފައި އޮތް ވިސްނުމެކެވެ.

ޖައްވުން އަންނަ ބޮޑެތި ގިނިލިހަތަށް ދުނިޔެއަށް ވެއްޓެނީ އާންމު ގޮތެއްގައި 50 އާއި 60 މިލިއަން އަހަރާއި ދެމެދުގައި ކަމަށް ސައިންސްވެރިން ބުނެއެވެ.

އެންމެ ފަހުން ބޮޑު ގިނި ހިލައެއް ވެއްޓިފައި ވަނީ މީގެ 66 މިލިއަން އަހަރު ކުރިންނެވެ. އެފަހަރު ދުނިޔެއިން ޑައިނަސޯގެ އަސަރު ފޮހެލިއެވެ. އެފަހަރު ގިނި ހިލަ ވެއްޓުނީ މިހާރުގެ ގޮތުން ބުނާ ނަމަ ގަލްފް އޮފް މެކްސިކޯ އަށެވެ.

ނާސާގެ ސެޓްލައިޓްތަކުން އަބަދު ވެސް އަންނަނީ ދުނިޔޭގެ ވަށައިގެން ދައުރުވާ އަދި ޖައްވުގެ ތެރޭގައި ވާ ގިނިހިލަތަކުގެ މަޢުލޫމާތު ބަލާ ހޯދަމުންނެވެ. އަދި ދުނިޔެއަށް ވެއްޓޭހާ ކައިރީގައިވާ 5000 މީޓިއޯސްއެއް މިހާރުވެސް ނާސާއިން ދަނީ މޮނިޓަރ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާވައްކޮށް

    ގުދުރަތީ ނިޒާމު ﷲ ތައާލާ ލައްވާފައިވަނީ ވަރަށްފުރިހަމަޔަށް މިކާއިނާތުގައި ދަތުރުކުރަމުންދާ ގިނިހިލަތަކަކާ ނާސާ އިން ނުކުޅެވޭނެކަމީ ހަގީގަތެއް.

  2. އަލިބެ

    ދުނިޔެ ސަލާމަތްކުރައްވާނީ ދުނިޔެވެސް އަދި ގިނަހިލަވެސް ނެތުމުގެ ތެރެއިން އުފެއްދެވި ދަގަފަދަވަންތަ އިލާހެވެ.