އޮސްޓްރޭލިއާގެ ސިޓީއެއްގެ ގެއެއްގައި ފިރިހެނަކު މަރުގެ އިންޒާރު ދެމުން ދާތީ، އާއި ކުޑަކުއްޖަކު ރޯއަޑު އިވިގެން މީހަކު ފުލުހުންނަށް ރިޕޯޓްކުރިއެވެ. އެ މީހާ ފުލުހުންނަށް ރިޕޯޓް ކުރީ އެ ކުޑަކުއްޖާއަށް ނުވަތަ އެހެން މީހަކަށް ފިރިހެނަކު އިންޒާރު ދެމުން ދާތީ އެކަން ހުއްޓުވުމަށެވެ. އެ މީހާ ހީކުރީ އެގޭތެރޭގައި ބޮޑުކަމެއް ހިނގައިގެން އުޅޭ ކަމަށެވެ.

އެކަން ހުއްޓުވުމަށް އެތައް ފުލުހުންނެއް އެގެއަށް ދިޔައެވެ. ފުލުހުންގެ ޓީމެއް އެގެއަށް ދިޔައިރު، އެގޭތެރޭގައި ހިނގީ ފުލުހުންވެސް ހީކޮށްގެން ހުރި ކަހަލަ ކަމެއް ނޫނެވެ.

އެ މީހާ އިންޒާރު ދެމުން ދިޔައީ ފައިދިގުމަކުނަކާއި ދިމާލަށެވެ. އެ މީހާވެސް އެ ފައިދިގު މަކުނު ދެކެ ބިރުގަނެއެވެ. އެހެންވެ އޭތި މަރުނުވެގެން އެއަށް މަރުގެ އިންޒާރު ދެމުން ގެންދިޔައީއެވެ.

ފުލުހުން ބުނިގޮތުގައި، އެގޭގައި މާބޮޑު ކަމެއް ނުހިނގައެވެ. އަދި ކަންތައް ވީގޮތްވެސް ފުލުހުން ވަނީ ކިޔާދީފައެވެ. އަދި އެކަމާއި ގުޅޭގޮތުން ކުރިން ފުލުުހުން ކުރި ޓްވީޓްވެސް ވަނީ ޑިލިޓްކޮށްފައެވެ. އަދި އެކަމަށް މައާފަށްވެސް ވަނީ އެދިފައެވެ.