ކާޑޭޝިއަން އާއިލާގެ މެމްބަރުންގެ ތެރެއިން އެންމެ ހަގު ކައިލީ ޖެނާ އޭނާ އަށް ދާދި ފަހުން ލިބުނު އަންހެން ދަރިފުޅުގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް ކައިލީ ފިޔަވަޅުތަކެއް އަޅައިފިއެވެ.

އުމުރުން 20 އަހަރުގެ މަންމަ ކައިލީ ވަނީ ދަރiފުޅު ސްޓޯމީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ވަރަށް ބޮޑަށް އިސްކަން ދީފައެވެ. ސްޓޯމީގެ އުމުރަކީ މިހާރު 7 ހަފްތާއެވެ.

ކެލިފޯނިއާގެ ހިޑެން ހިލްގައި ދިރިއުޅެމުންދާ ކައިލީވަނީ އޭނާގެ އެންމެ ގާތް މީހުންނާއި އެކުވެރިނަށްވެސް ދަރިފުޅާއި ބައްދަލު ކުރުމުގައި ހަރުކަށި ގަވާއިދެއް ހަދާފައެވެ.

"ދަ ޔޫއެސް ވީކްލީ" އަށް މައުލޫމާތު ދެމުން ކައިލީގެ ވަރަށް ގާތް މީހަކު ބުނީ ކައިލީގެ ދަރިފުޅާއި ބައްދަލު ކުރަން ބޭނުން ނަމަ ދާން ޖެހޭނީ ކައިލީ ދިރިއުޅޭ ގެއަަށް ކަމަށާއި ދަރިފުޅުގެ ސިއްހަތަށް ކައިލީ ވަރަށް އިސްކަންދޭ ކަމަށެވެ. އަދި ކައިލީ އަބަދުވެސް ސްޓޯމީ ގެންގުޅެނީ ގޭ ތެރޭގައި ކަމަށެވެ.

ކައިލީ ވިހާފައިވަނީ މިދިޔަ މަހުގެ ފުރަތަމަ ދުވަހު ސެންޑައި ސިނައި އެލް އޭ ހޮސްޕިޓަލްގަ އެވެ. ކައިލީ ބަނޑުބޮޑުވެ ވިހާފައި ވަނީ މަޝްހޫރު ރެޕާ ޓްރާވިއާ ސްކޮޓްގެ ދަރިއަކަށެވެ. ކައިލީއާއި ސްކޮޓް ވަކިން އުޅޭތީ ގިނަ ބައެއް ސުވާލު އުފައްދާފައިވާއިރު މިކަމާއި އެދެމީހުން ކުރެ އެކަކުވެސް އަދި ވާހަކައެއް ނުދައްކައެވެ.

ދާދި ފަހުން މަޝްހޫރު ހޮލީވުޑްގެ ހަބަރުތަށް ގެނެސްދޭ އޮންލައިން މަޖައްލާ " ހޮލޯވުޑް ލައިފް" އާއި ހަވާލާދީ ބައެއް މީޑިއާ ރިޕޯޓުތަށް ބުނާގޮތުން ކައިލީ އާއި ކައިވެނިކުރަން އޭނަގެ މީހާރުގެ ލޯބިވެރިއާ އުމުރުން 25 އަހަރުގެ ރެޕަރ ޓްރެވިސް ސްކޮޓް ހުށައެޅުމުން ކައިލީވަނީ އެހުށައެޅުމަށް ނޫނެކޭ ބުނެފައެވެ.

ރިޕޯޓުތަށް ބުނާގޮތުން ކައިލީ ކައިވެނި ކުރަން ހުށައެޅި ހުށައެޅުމަށް ނޫނެކޭ ބުނީ ކައިލީ މިވަގުތު ބޭނުންވަނީ ކައިވެނިކުރުމަށް ވުރެން ބޮޑަށް އެހެން ކަންކަމަށް ވަގުތު ހުސްކުރަން ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފާތުން

    ކައިލީ އޯވް މައި ގޯވްޑް.

  2. ނަސީމު

    ދަރިފުޅު ރައްކާތެރިކުރަންތަ ނޭފަތާ އެކުބެދޭވަރުގެ ސިލިކޯންގަނޑެއް އަގަޔައް ކޮއްޕާފައެއޮތީ .......