ބޮލީވުޑްގެ ރަސްގެފާނު ސަލްމާން ހާން އިމްތިހާނުތަކުން ފާސް ވަނީ ޓެސްޓް ޕޭޕަރު ލީކް ކޮށްގެން ކަމަށް ސަލަމާން ހާންގެ ބައްޕަ ސާލިމް ހާން ބުނެފިއެވެ.

މަޝްހޫރު ކޮމެޑީ ޝޯވ ކޮމެޑީ ވިތް ކަޕިލް ޝަރުމާގެ ސްޓޭޖް ގައި ވާހަކަ ދައްކަމުން އުމުރުން 83 އަހަރުގެ ސާލިމް ހާން ބުނީ އޭނާގެ ދަރިފުޅު ސަލްމާން ހާން އާއި އޭނާގެ ދެ ކޮއްކޮ އަރްބާޒް އަދި ސޮހެއިލް ވެސް މަދަރުސީ ހަޔާތުގައި އިމްތިހާނު ތަކުން ފާސް ވުމަށް ކޮށްމެވެސް ގޮތަކުން ޓެސްޓް ޕޭޕަރު އިސްކޫލުން ލީކު ކޮށްލާކަމަށެވެ.

ސާހިލް މިކަން ފަޅާ އެރުވުމުން ބޮލީވުޑްގެ ބޭޑް ބޯއިގެ ނަމުން ވެސް މަޝްހޫރު ސަލްމާން ހާން އާއި އޭނާގެ ދެ ކޮއްކޮ އަށް ލަދުން އިސްޖަހާލެވުނެވެ.

ބައްޕަ އަށް އިޝާރަތް ކޮށް ބޮލީވުޑްގެ ތަރި ސަލްމާން ހާން ބުނީ، އޭނާގެ މައިންބަފައިންނަކީ ވަރަށް ކޫލްބައެއް ކަމަށެވެ. ވަކިން ހާއްސަކޮށް ބައްޕަ ސާލިމް ހާންގެ ނަން އޭނާ ފާހަނގަކުރަނީ، އެއީ "ކޫލް" ބައްޕައެއްގެ ގޮތުގައެވެ.

ސަލްމާން ބުނީ، އޭނާގެ ދައްތަމެން ހިމެނޭގޮތަށް، އާއިލާގެ އެހެން މެމްބަރުންނާއި މެދުވެސް އޭނާގެ މައިންބަފައިން ކަންތައްކޮށްފައި ވަނީ އެ އުސޫލުން ކަމަށާއި، ބޭނުންވާ މިނިވަންކަން އަބަދުވެސް ލިބިފައި އޮންނަނީ މައިންބަފައިން ކޫލް ވުމުން ކަމަށް ޤަބޫލުކުރާ ކަމަށެވެ.

ޝޯވ ގައި ސަލްމާން އޭނާގެ ލޯބިވެރިޔާގެ ގޮތުގައި އިޝާރާތްކޮށްފައިވަނީ ސީދާ ކާކަށްކަން ހާމަކޮށްފައި ނުވީނަމަވެސް، އޭނާ އެންމެ ގިނަ ދުވަހު ލޯބީގެ ގޮތުން ގުޅި އާއިލާއަށް ތައާރަފްކޮށްދިން ލޯބިވެރިޔަކީ ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފް ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.