ލޯބިވެގެން އުޅޭ އަންހެން ކުއްޖާ ނުވަތަ ފިރިހެން ކުއްޖާ ހިތް އަތުލާ ވާހަކަ ވަރަށް ގިނައިން ދައްކައެވެ. ހިތް ވަގަށް ނަގާ ވާހަކައާއި ޖަހައިގަނެގެން ދާ ވާހަކަވެސް ދައްކައެވެ. ހަމައެހެންމެ، ހިތް ކަތިލާ ވާހަކަވެސް ދައްކައެވެ. އެހެންނަމަވެސް، މިއީ ހަމަ ހަގީގަތުގައިވެސް އެކަންކަން ވާތީކީ ނޫނެވެ. ހަމައެކަނި މިސާލު ބަހެއްގެ ގޮތުގައެވެ.

އެހެންނަމަވެސް، މީހަކު ވަނީ މިފަދަ މައްސަލައެއް ހަމަ ހަގީގަތުގައިވެސް ފުލުހުންނަށް ހުށަހަޅާފައެވެ. ހިތް ވަގަށް ނެގުމުން، ޕޮލިސް ސްޓޭޝަނަށް ގޮސް މައްސަލަ ވަނީ ޖައްސާފައެވެ. މިކަން ހިނގާފައިވަނީ އަވަށްޓެރި އިންޑިޔާގެ ނާގްޕޫރުގައެވެ.

އިންޑިޔާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވާ ގޮތުގައި މި މީހާވަނީ އެސަރަޙައްދުގެ އެއް ޕޮލިސް ސްޓޭޝަނަށް ގޮސް، އަންހެން ކުއްޖަކު އޭނާގެ ހިތް ވަގަށް ނެގި މައްސަލަ ޖައްސާފައެވެ. މި އާދަޔާ ޚިލާފު މައްސަލައާ ގުޅިގެން ފުލުހުން އަޅާނެ ފިޔަވަޅެއްވެސް، އެމީހުންނަށްވެސް ނޭނގުނެވެ.

ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރާ ފުލުހުން، އެމީހުންގެ އިސްވެރިންގެ ލަފާ މިކަމުގައި ހޯދިއިރު، މައްސަލަ ނިންމާލާފައިވަނީ ނުރަސްމީ ގޮތަކަށް ވާހަކަ ދައްކައިގެންނެވެ. އެއީ އިންޑިޔާގައި އޮންނަ ޤާނޫނުލް އުޤޫބާތް ނުވަތަ ޕީނަލް ކޯޑުގައި އެފަދަ މައްސަލަތަކާ ބެހޭގޮތުން އެއްވެސް ކަމެއް ބަޔާން ކޮށްފައި ނޯންނަކަމަށް ބުނެއެވެ.

އިންޑިޔާގެ ނޫސްތަކުން ބުނާ ގޮތުގައި މިކަން ހިނގާފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައިންތު

    އަހަރެންވެސް ދާންޖެހޭ ޕޮލިސް ސްޓޭޝަން ހުރިތަނަށް ދެވޭވަރު ނުވެގެން ނުދެވުނީ ހިތްވަގަށްނެގި މައްސަލަ ޖައްސާ އެހިތް އަނބުރާ ހޯދުމަށް. ފަހުން އެނގުނީ އެ ވަގަށް ގެންދިޔައީ ވަރަށް އަޅާލުމާއެކު ބަލަހައްޓަން ކަމަށް އެހެންވެ މިހާރު ކުޑަކޮށް ރަނގަޅުވެއްޖެ