ބެސްޓްފްރެންޑް ދެކެ ވެސް ލޯބިވެވިދާނެއެވެ. އެއީވެސް ހަމަވެދާނެ ކަމެކެވެ. އުމުރުން 21 އަހަރުގެ އެންޑްރިއާއަށްވީ އެހެންނެވެ. އޭނާއަށްވެސް ބެސްޓްފްރެންޑް ދެކެ ލޯބިވެވުނީއެވެ. އެހެންވެ އެ ވާހަކަ ބެސްޓްފްރެންޑް ގާތުގައި ކިޔާދޭން ބޭނުންވިއެވެ.

އެހެންވެ އޭނާ އެރީ މަތިންދާ ބޯޓަކަށެވެ. އޭނާގެ ބެސްޓްފްރެންޑް ކައިރީ ލޯބިވާކަން ހާމަ ކުރުމުގެ ގޮތުން މަތިންދާ ބޯޓަށް އަރާ އެ ބޯޓު ތެރޭގައި ހޮޑުލުމަށް ބޭނުން ކުރާ ކޮތަޅުގައި އެންޑްރިއާ ވަނީ، އޭނާގެ އެ ދަތުރުގެ ބޭނުން ކިޔާދީފައެވެ.

އެންޑްރިއާ އެ ކޮތަޅުގެ ބޭރުގައި ލިޔުނު ސިޓީ ފެނުނީ އެ މަދިންދާ ބޯޓު ސާފް ކުރުމަށް ވަން މީހަކަށެވެ.

އޭނާގެ އެ ސިޓީގައި ބުނެފައި ވަނީ، އޭނާއަކީ އުމުރުން 21 އަހަރުގެ އެންޑްރިއާ ކަމަށެވެ. އަދި މިވަގުތު އޭނާ ދަތުރުކުރަމުން ދަނީ މިއާމީ އިން ޑީސީއަށް ކަމަށެވެ.

އަދި އޭނާ ދަތުރު ކުރުމަށް ޓިކެޓް ނެގީ ރޭ 4:00 ޖެހިއިރު، ކަމަށާއި، މި ހުރިހާ ކަމެއް ކުރަމުން ދަނީ ބެސްޓްފްރެންޑް ދެ ލޯބިވާތީކަމަށް އޭނާ ބުންޏެވެ. އަދި އޭނާގެ ބެސްޓްފްރެންޑް ބޮސްޓަން އިން ނިއު އޮރްލިއަންއަށް ދަތުރުކުރާއިރު، ޑީސީގައި މަޑުކުރާނެ ކަމަށެވެ.

އަދި އެންޑްރިއާ ބުނީ، އޭނާ ޑީސީއަށް ދަނީ ބެސްޓްފްރެންޑަށް ސަޕްރައިޒެއް ދިނުމަށް ކަމަށެވެ. އަދި އޭނާގެ ގާތުގައި ލޯބިވާ ވާހަކަ ބުނަން ކަމަށެވެ. އަދި މިއީ އޭނާއަށް ބެސްޓްފްރެންޑް ގާތުގައި އެ ވާހަކަދެއްކޭނެ އެންމެ ފަހު ފުރުސަތުކަމަށާއި، އޭނާ އޮސްޓްރޭލިއާއަށް ފުރަން އުޅޭކަމަށްވެސް އޭނާ ބުންޏެވެ.

އިތުރަށް އޭނާ ބުނިގޮތުގައި، އޭނާ މި ހުރިހާ އެއްޗެއް ލިޔުނީ ބޯޓު ތެރޭގައި ފޫހިވެގެންނެވެ.

އެންޑްރިއާގެ މި ވާހަކަތަކަށް ހިމެނޭ އެ ކޮތަޅުގެ ފޮޓޯއެއް މީސް މީޑިއާއަށް ވަނީ ލާފައެވެ. އަދި އެންޑްރިއާާގެ އެ ޕްލޭން ވެގެން ދިޔަ ގޮތް އިނގެން ބޭނުންވާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެހެންކަމުން މި ޕޯސްޓް ވައިރަލްކޮށްލުމުގެ ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.