ބްރިޓިޝްއަށް ނިސްބަތްވާ އަންހެނަކާއި، އިޓަލީއަށް ނިސްބަތްވާ ފިރިހެނެއްގެ ލޯބީގެ ފެށުމަކީ ޗުއްޓީ ހޭދަކުރުމަށް ކުރި ދަތުރެވެ. އެ ދަތުރަށް ފަހު ދެ މީހުން ވާހަކަދެއްކުމަށް ބޭނުން ކުރާ އެއްޗަކީ ގޫގުލް ޓްރާންސްލޭޓްއެވެ. މި ދެ މީހުންވެސް ބުނާގޮތުގައި، އެ މީހުންނަށް އެ ބޭނުންކޮށްގެން އުޅެވެއެވެ.

ކްލޯއި އާއި ޑޭނަލްގެ މި ލޯބީގެ ވާހަކައިން އެތައް ބަޔަކަށް ދިރުމެއް ގެނެސްދޭނެ ކަން ޔަގީނެވެ.

އިބީޒާއިން ބައްދަލުވި މި ދެ ލޯބިވެރިން މިހާރު ރައްޓެވެގެން އުޅޭތާ ދެ އަހަރުވެއްޖެއެވެ. ކްލޯއި ބުނިގޮތުގައި، ޑޭނަލް ކައިރިން އޭނާގެ ފޯން ނަމްބަރު ދިނުމަށް އެހީ އޭނާއެވެ. އެއީ ޑޭނަލްގެ ރީތިކަން ފެނިފައިކަމަށް އޭނާ ބުންޏެވެ.

ދެ މީހުން ބުނިގޮތުގައި، ދެ މީހުން ފިލްމް އެއްޗެހި ބަލާއިރުވެސް އަޑު ޖައްސައިގެންނާއި، ސަބްޓައިޓަލް ބަލައިގެން ބަލައެވެ. ބޭނުމަކީ އިތުރަށް ދެ މީހުން ދެ މީހުންގެ ބަސް ދަސް ކުރުމެވެ.

ޑޭނަލް ބުނީ، ކްލޯއި އޭނާއަށް އިނގިރޭސި ދަސްކޮށްދޭ ކަމަށެވެ. އަދި އޭނާ ކްލޯއީއަށް އިޓަލީ ކެއުންތައް ތައްޔާރުކުރާނެ ގޮތް ދަސްކޮށްދޭކަމަށް ބުންޏެވެ.

މި ދެމީހުންގެ ލޯބީގެ ގުޅުން ކުރިއަށްގެންދަނީ ގޫގުލް ޓްރާންސްލޭޝަންގެ އެހީގައިކަމަށް ވިނަމަވެސް ދެ މީހުން ދެ މީހުންނަށް ވަރަށް އަންޑާ ސްޓޭންޑިންގއެވެ.