އިއްޔެ މެލޭޝިއާގެ ތަހުތުން އިސްތިއުފާ ދެއްވި ކުރީގެ ރަސްގެފާން ސުލްތާން މުހައްމަދަށް ބަދު ބަސް ބުނެގެން 3 މީހަކު ހައްޔަރު ކޮށްފިއެވެ.

މެލޭޝިއާގެ ފުލުހުންނާއި ހަވާލާދީ ބައެއް ރިޕޯޓްތަށް ބުނާގޮތުގައި މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ 2 ފިރިހެނުނާއި އަންހެނެކެވެ.

މި ތިން މީހުން ވެސް ހައްޔަރު ކުރީ މީސް މިޑިއާ މެދުވެރިކޮށް ރަސްގެފާނަށް ބަދުބަސް ބުނުމުންނެވެ.

މެލޭޝިއާގެ ރަސްގެފާނު ތަހުތުން އިސްތިއުފާ ދެއްވިއިރު ރަސްގެފާން މުހައްމަދު ރަސްކަމަށް އިސްވީ 2016 ވަނަ އަހަރު އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ރަސްގެފާން މުހައްމަދު ރަސްކަމުން އިސްތިއުފާ ދެއްވީ ރަޝިއާގެ ރީތީގެ ރާނީއަކާއި ކައިވެނި ބައްލަވައި ގަންނަވަން ވެގެންނެވެ. ނަމަވެސް އެކަން ރަސްމީކޮށް އެއްވެސް ފަރާތަކުން ކަށަވަރު ކޮށެއް ނުދެއެވެ. މައުލޫމާތު އެނގޭ ބައެއް ފަރާތްތަކުން މީޑިއާ އާއި ހިއްސާކޮށްފައިވާ މައުލޫމާތައް ބަލާއިރު ރަސްގެފާން މުހައްމަދު އުޅުއްވަނީ ރަޝިއާގެ ރީތީގެ ރާނީއަކާއި ލޯބީގެ ގޮތުން ގުޅިގެންނެވެ.

މެލޭޝިއާގެ ރަސްގެފާނަކު ގައުމުން ބޭރުގެ ބޭކަނބަލަކާއި ކައިވެނި ބައްލަވައިގެންނެވުމަކީ އެގައުމުގެ ޒަމާންވީ އާދަކާދަތަަކާއި ހިލާފު ކަމެކެވެ.

މެލޭޝިއާގެ ރަސްކަން ކޮންމެ ފަސް އަހަރަކުން ބަދަލުވެއެވެ. މެލޭޝިއާގައި ރަސްކަން ކުރާ ހަތް ދަރިފަސްކޮޅެއް އޮވެއެވެ. ކޮންމެ ފަސް އަހަރަކުން އެއިން ކޮންމެވެސް އެއް ދަރިފަސްކޮޅެއްގެ ރަސްކަލަކު ރަސްކަމަށް އިސްވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު