އެއެއްޗެއްގެ މަސްތުގައި މިއަދު ގިނަ އަދަދެއްގެ ދިވެހިން ޖެހިފައިވާ އެކައްޗަކީ "ޕަބްޖީ" އެވެ. - ޕްލޭޔަރ އަންނޯން ބެޓަލް ގްރައުންޑް އެވެ. މިކަމުގައި ކުޑައެއް ބޮޑެއް، އަންހެނެއް ފިރިހެނެއް އިސްތިސްނާ ނުވެއެވެ. ހުސްވަގުތެއް ލިބިއްޖެކަމުގައިވާނަމަ އަދިވެސް ޕަބްޖީ ކުޅުމަށް ހޭދަކުރާ އެތައް ބަޔަކު ގިނައެވެ.

ޓެކްނޮލޮޖީ އާއި ގޭމުގެ ދުނިޔޭގެ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނަމުންދާ ގޮތުގައި ޕަބްޖީ އަށް ބަދަލުތަކެއް ގެނައުމަށް މި ގޭމް އުފައްދާ ކުންފުނިން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެފަރާތްތަކުން އިތުރަށް ބުނެފައިވާ ގޮތުގައި ބެލެވެނީ ޒޮމްބީ ތަކެއް މި ގޭމް އަށް އަންނަން އުޅޭކަމަށެވެ.

ދުބާއީގައި ކުރިއަށް ދިޔަ ޕަބްޖީ މޯބައިލް ސްޓާރ ޗެލެންޖު މުބާރާތުގެ ތެރެއިން މީގެ ބައެއް ކަންކަން ދައްކާލާފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.

ނޫސްތަކުން އިތުރަށް ބުނެފައިވާ ގޮތުގައި ރެޒިޑެންޓް އީވިލްއާ ގުޅިގެން، ޕަބްޖީ އަށް ރެޒިޑެންޓް އީވިލްގެ ބައެއް ބައިތައް ގެނައުމަށްވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ޒޮމްބީތަކެއް ގެންނަނީ އެކަމުގެ ތެރެއިންކަމަށް ބެލެވޭކަމަށްވެސް އެފަރާތްތަކުން ބުނެފައިވެއެވެ.

އެހެންނަމަވެސް، މިކަމާ ގުޅިގެން ޕަބްޖީ އުފައްދާ ކުންފުނިން ވަކި އެއްޗެއް ރަސްމީކޮށް ހާމަކޮށްފައި ނުވެއެވެ. މިއީ ގޭމަށް ގެންނަ އަޕްޑޭޓް އެއްކަމަށް ގިނަ ފަރާތްތަކުން ބުނަމުންދާއިރު، މި އަޕްޑޭޓް އަންނާނީ މި މަހުގެ 18 ވަނަ ދުވަހުގެ ފަހުންކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަރިޔަމު ނާސިރާ

    ގަދަ ބަރަބަރު ކަމެދޯ

  2. Anonymous

    މިދެން ގޭމެއްތަ.. ހޭބަލިވެދާނެ މިސޮރުމެން އެއަށް ވަދެވިފަ ތިބޭވަރުން.. ހުން. ވ ފޫހިވޭ.. ?

    • Anonymous

      ކަލޯ ވެސް ކުޅެންފެސީމަ އެގޭނީ

  3. ޚކksޖ

    ގުޑު ނިއުސް?❤❤❤❤?