ގިނަ ބަޔަކަށް އަބަދުވެސް ޤަބޫލު ކުރެވިފައި އޮންނަ އެއް ކަމަކީ އެންމެ ނަޖިސްތަނަކީ ފާޚާނާ ތަށި ކަމެވެ. އަދި އެންމެ ގިނައިން ޖަރާސީމް ހުންނަ ތަނަކީވެސް އެއީ ކަމުގައެވެ. ނަމަވެސް ފާޚާނާ ތަށީގައި ހުންނަ ޖަރާސީމަށްވުރެ ގިނައިން ޖަރާސީމް ތިރީގައި އެވާ ތަކެތީގަިއ ހުރެއެވެ.

ކުޅޭ ބިން

ކުޅޭ ބިމުގައި ހީކުރާ ގޮތާ ޚިލާފަށް ތަފާތު ގިނަ ޖަރާސީމު ހުރެއެވެ. މިގޮތުން މީހުންގެ ކުޅާއި ލެއި ފަދަ ތަކެތިވެސް ކުޅޭ ސަރަހައްދުގައި ހުންނަ ތަކެތީގައި ހުރެއެވެ.

ކީބޯޑް

ދިރާސާތަކުން ދައްކާފައިވާ ގޮތުގައި ކީބޯޑްގައި ފާޚާނާ ތައްޓެއްގައި ހުންނަ ޖަރާސީމްގެ 5 ގުނަ ހުރެއެވެ.

އޭޓީއެމް މެޝިން އަދި ކްރެޑިޓް ކާޑް

މިތަކެއްޗަކީ ގިނަ ބަޔަކު ބޭނުން ކުރާ އެއްޗަކަށް ވުމާއިއެކު ޖަރާސީމް ހުރެއެވެ. އަދި އޭޓީއެއް މެޝިންއަށް ތަފާތު ގިނަ މީހުން އެކި ގޮތް ގޮތަށް ގެންގުޅޭ ކާޑް ލެއްވުމަށް އެއް ކާޑުން އަނެއް ކާޑަށް ޖަރާސީމް ދަތުރު ކުރެއެވެ.

ދަބަސް

ދަބަހުގައި ތަފާތު ގިނަ ތަކެތި ރައްކާތެރި ކުރެއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ޖަރާމް ފަދަ ތަކެތި ދަބަހުގައި ގިނަވެއެވެ.

ކިޔުންތެރިންގެ ހިޔާލު