ދުނިޔެއާއި ދުރުން ގެލެކްސީ އަކުން ގޮތް ނޭނގޭ ސިގްނަލް ތަކެއް ނާސާގެ ސައިންސްވެރިނަށް ލިބިއްޖެވެ.

ދުނިޔެއާއި 1.5 ބިލިއަން އަލި އަހަރު ދުރުގައިވާ މި ގެލެކްސީ 13 ވަރަކަށް ރޭޑިއޯ ބާސްޓް ކަމަށް ބެލެވޭ ސިގްނަލް ތަކެއް ސައިންސްވެރިނަށް ލިބިފައިވާއިރު މިދިޔަ އަހަރު އަދި 2017 ވަނަ އަހަރު ވެސް ވަނީ ގޮތް ނޭނގޭ ސިގްނަލް ތަކެއް މި ގެލެކްސީން ލިބިފައެވެ.

އަލަށް މި ލިބުނު ސިގްނަލްތަކާއި އެކު ސައިންސްވެރިން އަނެއްކާ ވެސް ފުން ވިސްނުމެެއްގެ ތެރެއަށް ވެއްޓިފައިވާއިރު ޔުނިވަރސިޓީ އޮފް ބްރިޓިޝް ކޮލަންބިއާގެ އޮސްޓޮލޮޖިސްޓެކް ކަމަށްވާ ސްޓެއާސް ބުނީ މި ސިގްނަލް މި ގެލެސީން ތަކުރާރު ކޮށް ލިބުމަކީ ކޮންމެވެސް ގޮތް ނޭނގޭ ކަންތައްތަކެއް މި ގެލެކްސީގައި ހިނގާ ކަމުގެ ހެެއްކެއް ކަމަށެވެ.

މުޅި ޖުމްލަ 60 ސިގްނަލް މިހާތަނަށް މި ގެލެކްސީން ލިބިފައިވާ އިރު ސައިންވެރިނާއި އަދި ބައެއް އާންމު ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި މި އީ އެ ގެލެކްސީގައިވާ ގުރަހައެއްގައި ދިރުން ހުރެދާނެ ކަމުގެ ނިޝާނެކެވެ. ނުވަތަ މިއީ އޭލިއެން ސްޕޭސް ޝިފަކުން ފޮނުވާ ސިގްނަލް ތަކެކެވެ.

ނާސާއިން އަންނަނީ އޭލިއެން ދިރުން ހޯދުމަށް ޚާއްސަ އޮބްޒަވޭޓަރީތައް ވެސް އިމާރަތް ކުރަމުންނެވެ. އަދި އޭލިއެން ހޯދުމަށް ކޮންމެ ދުވަހަކުވެސް ފަޒާގެ ތެރެ ސްކޭން ކުރަމުންނެވެ.

ނާސާގެ ސައިންސްވެރިން ބުނާގޮތުގައި އެ އިދާރާގެ ޓެލެސްކޯޕް ތަކުގެ އެހީގައި ކައުނުގައި ކުރިން ހޯދިފައިނުވާ އަދި ދިރާސާ ކުރުމުގެ ގާބިލުކަން ކުރިން ލިބިފައިނުވާ ސަރަހައްދުތަކަށް ވާސިލުވުމުގެ ގާބިލުކަން ލިބިގެންދާނެއެވެ. އަދި އެއީ މީގެ 20 ވަރަކަށް އަހަރުކުރިން އަމިއްލަ ސޫރުދަ ނިޒާމުން ބޭރުގެ އެއްވެސް ގުރަހައެއް އިންސާނުންނަށް ހޯދިފައިނުވާ ޒަމާނަކާއި އަޅާކިޔާއިރު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވެސް ސައިންސްވެރިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސޯޑިސް

    ކަލޭމެން ޕްރޫފް ރީޑެއް ނުކުރަންތަ މިހާރު؟؟ ދެތިންފަހަރު ކިޔައިގެން ނޫނީ ރޮލެއް ނުފިލާވިއްޔަ

  2. އަޙްމަދް

    ހޮޅި ސައިންސިސްޓުންގެ ހޮޅިވާހަކަ ޤަބޫލެއް ނުކުރަން.