މިހާރު ދުނިޔޭގައި ހުރި އެންމެ ބޮޑު އެއް މަހުޖަނު ކަމަށްވާ އެމޭޒަން ކުންފުނީގެ ފައުންޑާ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ ޖެފް ބެޒޮސް އާއި އަނބިމީހާގެ މެކްކެންޒީ ބެޒޮސްގެ ކައިވެނި 25 އަހަރަށް ފަހު ރުޅާލަން ތައްޔާރުވެއްޖެއެވެ.

އުމުރުން 54 އަހަރުގެ ޖެފް އަކީ މިހާރު ދުނިޔޭގައި ހުރި އެންމެ މުއްސަނދި މީހާއެވެ. އޭނާގެ މިލްކިއްޔާތުގައި 160 ބިލިއަން އެމެރިކާ ޑޮލަރު އެބަހުއްޓެވެ. ޖެފް އެންމެ މުއްސަނދި މީހާގެ މަގާމަށް މިހަފްތާގައ އަރާފައި ވަނީ މައިކްރޯސޮފްޓްގެ ވެރިޔާ ބިލްގޭޓްސްގެ މައްޗަށް ކުރި ހޯދައިގެން ކަމަށް "ވޯލް ސްޓްރީޓްްސް" އިން ބުނެއެވެ.

ޖެފްގެ އަނބިމީހާ މެކްކެންޒީ އާއި ޖެފް ފުރަތަމަ އެމޭޒަން ވެބްސައިޓް ފެށީ އޮންލައިކޮށް ފޮތް ވިއްކާ ވެބްސައިޓެއްގެ ގޮތުގައެވެ. ނަމަވެސް މިހާރު އެއީ ފަސޭހައިން އެހެން ވިޔަފާރިއަކަށް އަރައި ހަމަނުކުރެވޭނެ ވަރުގެ ބޮޑު ވިޔަފާރިއެކެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މެކްކެންޒީގެ އެއްވެސް ހިއްސާއެއް އެއް އެމޭޒަންގައި ނެތެވެ. ނަމަވެސް ދެމަފިރިން ވަރިވުމުން ބަދަލެއްގެ ގޮތުން ޖެފް މެކްކެންޒީ އަށް ގިނަ އަދަދެއްގެ ފައިސާ ދޭން ޖެހޭނެ ކަމަށް ބެލެވެއެވެ. އެފައިސާގެ އަދަދެއް އަދި ސާފެއް ނުވެއެވެ.

ޖެފް އާއި މެކްކެންޒީ ވަރިވާއިރު ދެމަފިރިންނަށް ހަތަރު ދަރިން ލިބިފައި ވެއެވެ. 25 އަހަރު ކުރިން ދެމީހުން ކައިވެނި ކުރީ ތިން މަސް ދުވަހު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު އެވެ. ދެމީހުން ފުރަތަމަ ބައްދަލުވީ ވަޒީފާއެއް ހޯދަން މެކްކެންޒީ ދިއުމުން ޖެފް ކުރި އިންޓަވިއުއެއްގެ ތެރެއިންނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޖެފްގެ ކައިވެނީގެ މައްސަލަ މިހާރު އޮތީ ކޯޓުގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙޫން މަ ހީކުޜީ ގާސިމް ކަމަށް

  2. އެންމެ މުއްސަނދިމީހަކީ ޖާބިރު ކަމައް މަހީކުރީ

  3. ރަމީޒް ދެން ނުބަހައްޓާށެވެ.

  4. މަގޭ އައިސާ މަގެ ރަން އައިސާ