ފަހުގެ ފޯންތައް ގަތުމަށް އެންމެންވެސް ލޯބި ކުރެއެވެ. އަތުގައި ނެތް ފެންވަރުން ލޯން ނަގައިގެންނާއި ގުނަވަންތައް ވިއްކައިގެންވެސް ފަހުގެ ފޯންތައް ގަތުމަށް މީހުން މަސައްކަތް ކުރެއެވެ. ގިނަ ބަޔަކު މިގޮތަށް ގަންނަ ފޯންއަކީ އަގު ބޮޑު ކަމަށް މަޝްހޫރު އައިފޯން ތަކެވެ.

ޗައިނާއަށް އުފަން މިހާރު އުމުރުން 25 އަހަރުގެ ވޭން އޭނާގެ ކިޑްނީ ވިއްކާލީ އޭނާގެ އުމުރުން 17 އަހަރުގައެވެ. ފަހުގެ ފޯންއެއް ގަތުމުގެ އުންމީދުގައި އޭނާގެ ކިޑްނީ ވިއްކާލީ 2,528 ޔޫރޯއަށެވެ. އަދި އޭރު މާކެޓްގައި ހުރި އެންމެ ފަހުގެ އައިފޯންއާއި އައިޕެްޑްއެއް އެރުފިޔާއިން އޭނާ ގަތެވެ.

ވޭން ކިޔައިދިން ގޮތުގައި އޭނާގެ ކިޑްނީ ވިއްކާލާފައިވަނީ ގުނަވަން ވިއްކާ ކަޅު މާރުކޭޓްގައެވެ. އަދި އޭނާގެ ކިޑްނީ ނަގާފައިވަނީ އެކަމަށް ކުރަން ޖެހޭ ޓެސްތްތައް ނުހަދާ އެކަމުގެ ހުއްދަ ނެތް ހޮސްޕިޓަލެއްގައެވެ.

މިހާރު ކިޑްނީ ނެގިތާ 7 އަހަރު ފަހުން އޭނާގެ ދެވަނަ ކިޑްނީގައިވަނީ އިންފެކްޝަން ޖަހާފައެވެ. އަދި އޭނާ ދިރިހުންނަން ބޭނުންނަމަ މިހާރު ކޮންމެ ދުވަހަކު ޑައިލިސިސް ހަދަން ޖެހެއެވެ. ކިޑްނީ ވިއްކާލިއިރު ދުޅަހެޔޮކޮށް ހުރި ވޭން މިއަދު އޮތީ ބަލި އެދުގައެވެ. އާއިލާއަށް ބުރައަކަށް ނުވުމަށް ކިޑްނީ ވިއްކާލިއިރު، އޭނާ މިއަދު އޮތީ އާއިލާގެ ބެލުމުގެ ދަށުގައެވެ.

 

ކިޔުންތެރިންގެ ހިޔާލު