އުމުރުން 10 އަހަރުގެ އަންހެން ކުއްޖަކު އަމިއްލައަށް މަރުވުމުގެ ކުރިން ލިޔުނީ އަސަރުގަދަ ނޯޓެެކެވެ. އެ ނޯޓުގައި އޭނާ ލިޔެފައި ވަނީ، އޭނާ އަމިއްލަައަށް މަރުވެއްޖެ ނަމަ އޭނާގެ މަންމަ ވަރަށް އުފާވާނެއެވެ.

އުމުރުން 10 އަހަރުގެ މެކްސިކޯއަށް ނިސްބަތްވާ އިވްލީން ނަމަކަށް ކިޔާ އެ އަންހެން ކުއްޖާ އަމިއްލައަށް މަރުވި މައްސަލަ ފުލުހުން ބަލަމުން އަންނައިރު، އެ ކުއްޖާ އަމިއްލައަށް މަރުވެފައި ވަނީ ކަރުދަން ޖެހިގެންނެވެ.

އިވްލީން މަރުވެފައި ވަނީ މި މަހުގެ ވަނަ ދުވަހު ކަމަށް ވެއެވެ. އެ ކުއްޖާ މަރުވުމުުގެ ކުރިން ލިޔެފައިވާ އެ ނޯޓުގައި ބުނެފައި ވަނީ، ބައްޕަ އެ މީހުން ދޫކޮށްލުމަށްފަހު ދިޔައީވެސް އޭނާގެ ސަބަބުންނެވެ. އަދި އޭނާ ހަމައެކަނި ބޭނުންވަނީ މަންމަ އުފާކޮށް ބަހައްޓަން ކަމަށާއި، ދުނިޔެއިން އެންމެ އުފާވެރި މަންމައަކަށް އޭނާގެ މަންމަ ވާނީ، އޭނާ މަރުވުމުން ކަމަށެވެ.

"އަހަރެން ވިހެއީއްސުރެ މަންމައަަށް ވަރަށް އުދަގޫވޭ. އަހަރެން މަންމަގެ ދިރިއުޅުން ހަލާކުކޮށްލައިފި. ބައްޕަ މަންމަ ދޫކޮށްފައި ދިޔައީވެސް އަހަރެންގެ ސަބަބުން". އޭނާގެ ސިޓީގައި ވެއެވެ.

އަމިއްްލަ ގޭގައި މަރުވި އެ ކުއްޖާ އިތުރަށް ބުނީ، އޭނާ ބޭނުންވަނީ މަންމަ އެހާ ގިނައިން މަސައްކަތް ނުކުރަން ކަމަށެވެ. އަދި ކޮންމެވެސް ދުވަހަކުން އޭނާއާ ބައްދަލުވާނެ ކަމަށް އުއްމީދު ކުރާކަމަށްވެސް ބުންޏެވެ.

އަދި މަންމަދެކެ އިންތިހާއަށް ލޯބިވާކަމަށްވެސް އޭނާގެ ނޯޓުގައި ބުނެފައި ވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޯގޯސްލިޔުމެއް

    މައިން ދަރިންނާމެދު ކޮންމެގޮތަކަށް ކަންތައްކުރިޔަސް މަންމަ ވާވަރަށް ލޯބިވާނެ މީހަކު މިދުނިޔެެަކު ނުވާނެކަން މޮއަދު އެގިއްޖެ. ޢެހެންމީހުން ެުޅޭނީ އަބަދުވެސް އަމިއްލަ ފައިދާއަށް.

  2. މިކަހަލެއި ވާހަކަ ނިލެއްފެހޭ އަފިންނަ ރަގަޅައި