މާބޮޑަށް ބަރުވުމަކީ ސިކުނޑި ކުޑަވާ ކަމެއް ކަމަށް ދިރާސާއަކުން ދައްކައިފިއެވެ. މިިދިރާސާއިން ދައްކާފައިވާ ގޮތުގައި ހަށިގަނޑުގެ މެދާ ހަމައިގައި، ބަނޑު، މާބޮޑަށް މަސް ޖަހާފައިވާނަމަ އެމީހާގެ ސިކުނޑި ކުޑަވުމުގެ ފުރުސަތު ބޮޑެވެ،

ލޮންބޯގް ޔުނިވަރސިޓީއާއި ޔުނިވަރސިޓީ ކޮލެޖް ލަންޑަން އިން ކުރި މިދިރާސާގައި އިތުރަށް ބުނެފައިވަނީ ބޮޑީ މާސް އިންޑެކްސް މަތި މީހުންނާއި ވެއިސްޓް ޓު ހިޕް ރޭޝީއޯ މަތި މީހުން އާދައިގެ މިންވަރު ކަމަށް ކަނޑައަޅާފައިވާ މިންވަރަށް މިކަންތައް ހުރި މީހުންނާ އަޅާ ބަލާއިރު، 12 ސެންޓިމީޓަރ ސިކުނޑި ކުޑަ ކަމަށެވެ.

މިދިރާސާގައި އިސްކޮށް ހަރަކާތްތެރިވި، ޑރ މާކް ހެމަރ ބުނެފައިވަނީ މިގޮތަށް ސިކުނޑި ކުޑަވަނީ އުފެދުމުގައި ކަމެއް ނުވަތަ މީހާ އާދަޔާ ޚިލާފަށް ފަލަވުމުން ކަމެއް އަދި މިހާތަނަށް ޔަގީން ކުރެވިފައިނުވާ ކަމަށެވެ. އަދި މިދިރާސާގެ އަލީގައި މާބޮޑަށް ފަލަކޮށް ތިބޭ މީހުން ހަނދާން ނެތުން ގަދަ ސިކުނޑީގެ ބަލިތައް ޖެހޭ ސަބަބު ދެނެގަނެވިފައިވާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

މިިދިރާސާ ހަދާފައިވަނީ ޖުމްލަ 9,652 މީހުން ބޭނުންކޮށްގެނެވެ. އަދި މިދިރާސާވަނީ ޖާނަލް ނިއުރޯލޮޖީގައި ޝާއިރުކޮށްފައެވެ.