ގިނަ ބައެއްގެ ތެރޭގައި "ﷲ އަކްބަރު"އޭ ބުނި މީހަކު ސްވިޒަލޭންޑްގައި ޖޫރިމަނާ ކޮށްފިއެވެ.

ސްވިޒަލޭންޑްގެ ޝަފްހައުސެންގެ މަގުމަތީގައި ހުރެ ރައްޓަސަކު ފެނިގެން އޮރްހާން އީ ކިޔާ މީހަކު "ﷲ އަކްބަރް"އޭ ބާރަށް ބުނުމުން މަގުމަތީގައި ތިބި ފުލުހުން ވަނީ އޭނާއާ ސުވާލުކޮށްފައެވެ. ސްވިސް މީޑިއާގައި ބުނެފައި ވަނީ ފުލުހުން އޭނާއާ ސުވާލުކުރީ، ޓެރެރިސްޓް ތްރެޓެއް ކަމަށް ބަލާފައި ކަމަށެވެ.

ފުލުހުން އޭނާ ޖޫރިމަނާ ކުރީ 170 ޕައުންޑުންނެވެ. ފުލުހުން އެ އަމަލު ދިފާއުކުރުމުގެ ގޮތުން ބުނެފައި ވަނީ ކޮންމެ މީހަކުވެސް އެގޮތަށް ބާރަށް މަގުމަތީގައި ހަޅޭފަޅޭ ޖަހާނަމަ ހައްޔަރުކުރާނެ ކަމަށާއި، އެކަން ކުރީ މަގުމަތީގެ އަމާން ކަމަށް ބަލާފައި ކަމަށެވެ.

މައްސަލައާ ގުޅިގެން އޮރްހާން ބުނެފައި ވަނި ފުލުހުން އޭނާ ޖޫރިމަނާ ކުރީ މުޅި މީހާގެ ބޮޑީ އެއްކޮށް ބަލާ ފާސްކުރުމަށްފަހުގައި ކަމަށާއި، ޖޫރިމަނާ ނުދެއްކި ނަމަ، ޖަލަށް ގެންދާނެ ކަމުގެ އިންޒާރުވެސް ދިން ކަމަށެވެ.

ފުލުހުން އިތުރަށް އެ މައްސަލަ ތަހުގީގުކުރަމުންދާ އިރު، ސްވިޒަލެންޑްގައި މުސްލިމު އާބާދާއަށް އެ މައްސަލައަކީ ސީރިއަސް މައްސަލައެކެވެ. ހާއްސަކޮށް އެފަދަ ކަމަކުން ބޮޑު ޖޫރިމަނާއެއް އައުމަކީ މުސްލިމުންނަށް އެގައުމުގައި އޮތް މިނިވަންކަމާ މެދު ސުވާލު އުފެދޭނެ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    ދިވެހިރާއްޖެ ކަހަލަ ގައުމެއްދޯ.

  2. މަހުދީ

    މިރާްޖޭގެ މިސްރާބުވެސް މިހާރު ހުރީ ތިޔަކަހަލަ ދިމާއަކަށްހެން ހީވޭ!

  3. ދޮގެއް؟

    ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން އޮންނަން ޖެހެއޯ. އެކަމަކު އިސްލާމް ދީނަށް އުޅުމުން ދެނީ އަދަބު. މި ގައުމުގެ މިސްރާބުވެސް މިހާރު ހުރީ އެމަގަށް.

  4. ވޯލްނަޓް

    މިހުންނަނީ މިމީހުން ބިރުން ތިބޭވަރު.މުސްލިމަކު ފެނުނީމަ މިވެރިން އުޅޭ ގޮތަކުން ހީވަނީ ޖިންނިއެއް ފެނިގެން އުޅޭހެން.ބޯހަލާކު..

  5. ޖާބިރު

    ތީ މަށްސަލައެއްނޫން ސުވިޒަލެންޑު މީހުންވެސް މުސްލިމު ގައުމުތަކަށް ދިޔއީމަ ޖޫރުމަނާ ކޮށްލާ

  6. ޖޮއްބެ

    ދިވެހިރާއްޖެއަށް މިކަންތައް ލައިގަންނަން މާކަ ގިނަ ދުވަހެއްނެތް.

    • އ

      އިންޝާﷲ ނުވާނެ އެހެނެއް