ނޭޕާލްގެ އެކަހެރި ސަރަހައްދެއްގައި ހިންދޫންގެ އަޅުކަމެއް ކުރަން ތިއްބާ އުމުރުން 35 އަހަރުގެ އަންހެނަކާއި އޭނާގެ ދެދަރިން މަރުވެއްޖެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ތިން މައިން މަރުވީ މައިމީހާގެ މައްސަރު ދުވަސްވަރު ގެއިން ނިކުމެ ދުރު ސަރަހައްދުތަކުގައި އެކަހެރިކޮށް "އަޅުކަން ކުރަން" ތިބެން ނޭޕާލްގައި އޮންނަ އުސޫލުގެ ދަށުން ތިއްބައެވެ.

އެމީހުން މަރުވީ އެމީހުން ތިބި ޖިފުޑީގައި ފިނިގަދަކަމުން ހޫނު ކުރަން ރޯކޮށްފައި ހުރި އަލިފާންގަނޑުން ދުން އަރާ ނޭވާ ހާސްވެގެން ކަމަށް ބެލެވޭ ކަމުގައި ފުލުހުން ބުނެއެވެ. ފުލުހުން ބުނާ ގޮތުގައި ތިން މީހުންނަށް ކިރިޔާ ތިބެވޭ ވަރުގެ ކުޑަ ޖިފުޑީގައި ވައި ބޭރުވާނެ އެއްވެސް ގޮތެއް ނެތެވެ.

ނޭޕާލްގައި އުމުރުން 35 އަހަރާއި 45 އަހަރާއި ދެމެދު އަންހެނަކު މައްސަރު ކަންތައް ދިމާވުމުން ގެއިން ނިކުމެގެން ދުރު ސަރަހައްދަކަށް ދަތުރު ކުރަން ޖެހެއެވެ. ގެއިން ނިކުމެގެން އެގޮތައް ގޮސް އެކަހެރި ތަނެއްގައި އެމީހަކު އެއް މަސް ދުވަސް ހޭދަކުރަން ޖެހޭނެއެވެ.

މިދިޔަ އަހަރު ނޭޕާލްގެ ސުޕްރީމް ކޯޓުން ވަނީ އެއީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ބުނެ އަމުރެއް ނެރެފައެވެ. އަދި އެގައުމުން ވަނީ އެގޮތައް އަންހެނުން ގެއިން ނިކުމެގެން ދިއުން މަނާކޮށް ޤާނޫނެއް ވެސް ފާސްކޮށްފައެވެ.

ނަމަވެސް އެކަހެރި ސަރަހައްދުތަކުގައި އަދިވެސް މިއީ ވަރަށް އާއްމު ކަމެކެވެ.

އެގޮތައް އެކަހެރިކޮށް އަންހެން މީހާ ގިނަ ފަހަރަށް ދިރިއުޅެނީ އެކަންޏެވެ. އާއްމުކޮށް ޖަންގަލީގައި ހުންނަ ޖިފުޑިތަކުގައި ވަރަށް ގަދަ ފިނީގައި ކަރަންޓެއް ނެގި އުޅެން ޖެހުމުން ބައެއް ފަހަރު މިނިކާ ޖަނަވާރުތައް އެމީހުންނަށް ހަމަލާދީ މަރާލުމުގެ ހާދިސާތައް ވެސް ހިނގާފައި ވެއެވެ. އަދި އެގޮތައް ތިބޭ އަންހެނުންނަށް ޖިންސީ ގޯނާ ކުރުމުގެ ހާދިސާތައް ވެސް ހިނގާ ކަމަށް ވެއެވެ.

ނޭޕާލް ފުލުހުން ބުނީ ތިން މައިން މަރުވި ސަބަބު ހޯދަން މިހާރު ޕޯސްޓްމޯޓަމް ހަދާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އޮޅުންއަރާމީހާ

    ތިޔެންނު ތިޔަނުބައި ޢަޤީދާގެ ނުލަފާ މީހުންގެ ކަމަކީ. އޮންނަ ކޮންމެވެސް ފާސިދު ޢަޤީދާއެއްގެ ސަބަބުން ގަންނަގަޑެއްގެ ސަބަބުން މަރުވީމާ.. އަދި އެހަށިގަނޑު ކޮށާކުދިކުދި ކޮށްލާފަ ނުވިތާކަށް އަންދާ އަޅިއަށްވެސް ހަދާލާނެ... މޮޔަ!!