ހަވާއީ ކައިރިން ކިލައޫ އަލިފާން ފަރުބަދަ މިދިޔަ އަހަރު ގޮވުމުން ހަވާއީގެ އެންމެ ބޮޑު އެއް ރަށް ކަމަށްވާ އައިލެންޑް އޮފް ހަވާއީގެ އަތިރިމަތި ކަޅުވެއްޔަށް ބަދަލު ވެއްޖެއެވެ.

މިދިޔަ އަހަރުގެ މެއި މަހު އަލިފާން ފަރުބަދަ ގޮވުމުން އެތައް ގެއެއް ސުންނާފަތިވެ، ފަތުރުވެރިން އައުން މަދުވެ ހަވާއީއަށް އިޤުތިޞާދީ ގޮތުން ވެސް ވަނީ ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހިފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ހަމައެކަނި ފަތުރުވެރިކަމުގެ ދާއިރާ އިން ހަވާއީއަށް ލިބުނު ގެއްލުން ވެސް 480 މިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.

ހަވާއީ އަލުން ފަތުރުވެރިންނަށް ހުޅުވާލާފައި ވާއިރު ކުރިން އެންމެ ގިނަ މީހުންގެ ޝައުގުވެރިކަން ލިބުނު ދޮންވެލި އަތިރިމަތި ގެއްލިގެން ގޮސްފައި ވުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ނަމަވެސް ކަޅު ކުލައިން އަތިރިމަތި އޮތުމުން ހާއްސަކަމެއްގެ ގޮތުގައި އެކަން ފާހަގަކޮށް ފަތުރުވެރިން އެސަރަހައްދު ބަލާލަން ދަތުރު ކުރާ މިންވަރު އިތުރު ވުން ވެސް އެކަށީގެންވެއެވެ.

އަތިރިމަތި ކަޅުވެފައި ވަނީ އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން ކަނޑަށް އެޅިފައިވާ ހިލަތައް ހަވާއީއަށް ލައްވުމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މިހާރު އަތިރިމަތި ކަޅުކޮށް އޮތް ނަމަވެސް ކުރިއަށް އޮތް ހައެއްކަ މަސް ދުވަހުގެ ތެރޭގައި އަނެއްކާވެސް ހުދު ދޮންވެލީގެ އަތިރިމައްޗަކަށް މިއަތިރިމަތި ބަދަލު ވެގެންދާނެއެވެ.

އެހެންކަމުން އަވަހަށް ކަޅުވެލީގެ އަތިރިމައްޗެއް ދެކިލަން ބޭނުން ނަމަ ހަވާއީއަށް ދަތުރު ކުރަންވީއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ހާދަރީތި ބީޗެކޭ!! ވާވ. ؛؛£ ކިހާވަރަކަށްތަ ދެވޭނީ.!!