އިންޑިއާގެ އެކްޓަރެއްކަމުގައިވާ ނަވީން ކުމާރް ގައުޑާ (ޔަޝް) އާއެކު ސެލްފީއެއް ނަގަން ފުރުސަތު ނުލިބުނު މީހަކު އަމިއްލަ ގައިގާ ރޯކޮށްލައިގެން މަރުވެއްޖެއެވެ.

މި ހާދިސާ ހިނގާފައި ވަނީ ޔަޝް ދިރިއުޅެމުންދާ ގޭގެ ކުރިމަތީގައިކަަމަށް ރިޕޯޓްތައް ބުނެއެވެ. މި އަހަރުގެ ޖެނުއަރީ މަހުގެ އަށް ވަނަ ދުވަހަށް 33 އަހަރު ފުރުނު ޔަޝްއާއެކު ސެލްފީ ނަގަން އެ މީހާ ބޭނުންވެގެން އެގެ ކައިރިއަށް ދިޔައީ، އާއްމުކޮށް ކޮންމެ އުފަން ދުވަހަކާއި ދިމާކޮށް ޔަޝް އޭނާގެ ފޭނުންނާއި ބައްދަލުކުރާތީ، މިފަހަރުވެސް ޔަޝްއާއި ބައްދަލުކުރުމުގެ އުއްމީދުގައެވެ.

އެހެން ނަމަވެސް މި ފަހަރު އޭނާ ވީ އަވަށުން ބޭރުގައެވެ. އެކަން އޭނާގެ ފޭނުންނަކަށް ނޭގެއެވެ. އެކަމާއި އެންމެ ހިތްހަމަ ނުޖެހުނީ ރަވީ ނަމަކަށް ކިޔާ ޔަޝްގެ ފޭންއެކެވެ. އޭނާ އެކަމާއި ރުޅި އައިސްގެން ޔަޝްގެ ގޭގެ ކުރިމަތީގައި އަމިއްލަ ގަޔަށް ޕެޓްރޯލް އެޅުމަށްފަހު ރޯކޮށްލާފައެވެ.

މިކަމާއި ގުޅިގެން ޔަޝް ހުރީ ވަރަށް ހިތްހަމަނުޖެހިފައެވެ. އޭނާ ބުނީ، އޭނާގެ ފޭނުން މިހެން ވާން ނުޖެހޭނެ ކަމަށާއި، މިއީ އޭނާ ދެކެ ލޯބިވުން ނޫން ކަމަށެވެ. އަދި މިއީ އޭނާއަށް އެެއްވެސް ވަރަކަށް އުފާވެރިކަން ގެނެސްދޭނެ ކަމެއް ނޫން ކަމަށްވެސް ބުންޏެވެ. އަދި މިފަދަ ގޮތަކަށް ފޭނުން ކަންތައްކޮށްގެން އޭނާއާ ބައްދަލުވެވޭނެކަމަށް ހީކޮށްގެން ނުވާނެ ކަމަށާއި، މީގެ ސަބަބުން އެހެން ފޭނުންނަށްވެސް ދެވޭނީ ނުބައި މެސެޖެއްކަމަށް އޭނާ ބުންޏެވެ.

ރަވީ އަމިއްލައަށް މަރުވުމަށް މަސައްކަތް ކުރި ހަބަރު އަޑުއިވިގެން ޔަޝް ރަވީ ކައިރިއަށް ހޮސްޕިޓަލަށް ދިޔަ ކަމަށް ވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޓިކް

    ހޮސްޕިޓަލަށް ގޮވާލަން ދިޔައީ މަރުވިމީހާއަށްތަ

  2. ބަކުރުބެ

    މަހީ ކުރީ ދައިތަކަމައް،