ބޮލީވުޑްގެ ދެ ތަރިން ކަމުގައިވާ އާލިއާ ބަޓް އާއި ރަންބީރް ކަޕޫރްއަށް އެކަކު އަނެކަކު ދެކެ ލޯބިވެވިއްޖެއެވެ. ބަރަހްމަސްޓްރާގެ ސެޓްގައި މަސައްކަތް ކުރަމުންދަނިކޮށް މި ދެތަރިން އެކަކު އަނެކަކު ދެކެ ލޯބިވެވުނު އިރު، މިހާރު މި ދެ ތަރިންވެސް ވިސްނަމުން ދަނީ އެންގޭޖްވުމަށް ކަމަށް އިންޑިއާގެ ރިޕޯޓްތައް ބުނަން ފަށައިފިއެެވެ.

ރަންބީރް ކެޓްރީނާއާއި ބްރޭކްއަޕްވުމަށްފަހު އާލިއާ އާއި ލޯބީގެ ގޮތުން ގުޅިގެން އުޅެން ފެށިއެވެ. އަދި މުޅި ދުނިޔެއަށް އެކަން ހާމަކަޮށްދޭން ފެށީ އެކުގައި ބައްދަލުކުރާ ބައްދަލުވުންތަކުންނެވެ. މީސް މީޑިއާ މެދުވެރިކޮށްވެސް ދެތަރިން އެކަކު އަނެކަކުގެ ފޮޓޯތައް ލާން ފެށުމުންނެވެ. އަދި މީގެ އިތުރުން، އާއިލީ ބައްދަލުވުންތަކުގައިވެސް ދެ މީހުންގެ ބައިވެރިވުން ހިމެނެއެެވެ.

ފިލްމްފެއާގައި ބުނެފައިވާގޮތުގައި، ރަންބީރުގެ މަންމަ ނީތޫ ބޭނުންވަނީ މި އަހަރުގެ ޖޫން މަސް ތެރޭގައި މި ދެ މީހުން އެންގޭޖްވުމަށެވެ. ނަމަވެސް މި ދެ މީހުންގެ ވިސްނުން ހުރީ އަދި ދުވަސްކޮޅަކަށް މަޑުކޮށްލުމަށްފަހު އެންގޭޖްވުމަށެވެ. އެގޮތުން މި ދެ މީހުންވެސް ބޭނުންވަނީ އެ މީހުންގެ ފިލްމް ނެރުމަށްފަހު އެކަަމާއިގެން އުޅުމަށެވެ.

މި ވާހަކަތަކަކީ ހަގީގަތަކަށް ވެއްޖެ ނަމަ މި އަހަރު ބާއްވާނެ އެންމެ ބޮޑު ކައިވެނީގެ ހަފްލާއަށް މި ދެ ތަރިންގެ ކައިވެނި ވާނެ ކަން ޔަގީނެވެ.

އާލިއާ އާއި ރަންބީރްއަކީ މިހާރު ބޮލީވުޑްގައި އެންމެ ލޯބި ޖޯޑުގެ ގޮތުގައި ފާހަގަކުރާ ލޯބިވެރިންކަން ފާހަގަކޮށްލަން ޖެހެއެެވެ.