ގޭމު ކުޅުމަކީ އޭގެ ޒާތުގައި އެހާ ގޯސް ކަމެއް ނޫނެވެ. އެހެންނަމަވެސް، ކޮންމެ ކަމަކަށްވެސް ހައްދުތަކެއް ނުވަތަ ލިމިޓްތަކެއް އޮންނަ ބީދައިން، މާގިނައިން ގޭމު ކުޅުމަކީ އެކަމުގެ ސަބަބުން ޞިއްޙީ ގޮތުން މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެކެވެ. ކޮންމެފަދައިން ގޭމެއް ކުޅުނު ކަމުގައިވިޔަސް މި ކަންކަން ކުރިމަތިވެދާނެއެވެ.

އެގޮތުން މިހާރު މުޅި ދުނިޔޭގައިވެސް އަދި ރާއްޖޭގައިވެސް އެންމެ ފޯރީގައި ކުޅެމުން އަންނަ ގޭމު ކަމުގައިވާ ޕަބްޖީ، މާ ގިނައިން ކުޅުމުގެ ސަބަބުން މީހަކަށްވަނީ ޞިއްޙީ މައްސަލަތަކެއް ކުރިމަތިވެފައެވެ. މިކަންކަމުގެ ސަބަބުން ހޮސްޕިޓަލަށް ގެންގޮސްގެން އެމީހާ އަށް ފަރުވާ ދޭންވެސް ޖެހުނެވެ.

ޖާމޫ އަދި ކަޝްމީރުގައި އިންޑިޔާގެ ބާރުގެ ދަށުގައި އޮންނަ ސަރަޙައްދެއްގައި މިކަން ހިނގާފައިވާއިރު، ހޮސްޕިޓަލަށް ގެންގޮސްގެން ފަރުވާ ދޭން ޖެހުނީ ފިޓްނަސް އިންސްޓްރަކްޓަރަކަށެވެ. މިކަން ކުރިމަތިވީ ހުއްޓުމެއް ނެތި އޭނާ މި ގޭމު ކުޅެމުންދާތާ ދުވަސްކޮޅެއް ފަހުންނެވެ.

"އިންޑިޔާ ޓައިމްސް" އިން ބުނެފައިވާ ގޮތުގައި މެދުކެނޑުމެއްނެތި 10 ދުވަސް ވަންދެން ގޭމު ކުޅުމުގެ ސަބަބުން އޭނާގެ ބުއްދިއަށްވެސް އަސަރު ކޮށްފައިވެއެވެ. ހަމައެހެންމެ، ގޭމުގެ ރައުންޑުތަކުން ބަލިވެއްޖެނަމަ އަމިއްލަ ނަފްސަށް ގެއްލުން ދީފައިވެސްވެއެވެ.

ހޮސްޕިޓަލުން ބުނެފައިވާ ގޮތުގައި އެމީހާގެ ހާލު ވަނީ ސީރިޔަސްވެފައެވެ. ބުއްދިއަށްވެސް އަސަރުކޮށްފައިވާއިރު ވަރަށް އަވަސް އަވަހަށް ހެއަށްވެސް ގޮތްވަމުންދާކަމަށް ނޫސްތަކުން ބުނެފައިވެއެވެ.

މި ނޫނަސް މިފަދަ އެހެން ކަންކަން، ދުނިޔޭގެ އެހެން ސަރަޙައްދުތަކުގައި ހިނގާފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހްމަދު ސިރާޖު

    ތީ މީހުންނަކީ

  2. Anonymous

    ބަަައްޔެއް

  3. ާނުބުނާން

    ތީ ގޭމު ކުޅެން ފެށީރުވެސް ހަމަނުޖެހޭ މީހެއް ކަމަށް މި ފެންނަނީ