އަބަދުވެސް އެމީހަކު އެންމެ ކުރަން ބޭނުންވާ ކަމެއް ކުރުމަށް މީހުން ބުނެއުޅެއެވެ. ވަޒީފާގެ މާޙައުލުހައިވެސް ކުރިއަރައިގެން ދާނީ މިފަދަ ގޮތަކަށް ކަންކަން ބައްޓަން ކުރެވިގެންނެވެ. ރޮބިން މާޓިން އިޚްތިޔާރު ކުރީ މިމަގެވެ. އޭނާ ވަޒީފާއެއްގެ ގޮތުން ކުރަން ނިންމީ އޭނާ އެންމެ ގަޔާވާ އެއްކަންތައް ކަމުގައިވާ ބެއްދުމެވެ، ނުަވަތަ އޮޅުލުމެވެ.

އެމެރިކާއަށް އުފަން ރޮބިން އަކީ ބެއްދުމުގެ ދާއިރާގައި މާހިރެކެވެ. ބައްދުމުގައި ހޭދަވާ ކޮންމެ ގަޑިއިރަކަށް ރޮބިން ޗާޖް ކުރަމުންދާއިރު، ކޮންމެ ގަޑިއިރަކަށް 80 ޑޮަލަރު އޭނާ ޗާޖް ކުރެއެވެ.

ރޮބިން ބުނެފައިވަނީ މީގެ ކުރިންވެސް އޭނާ މިކަން ކުރާ ކަމަށާއި ނަމަވެސް މީގެ ދެ އަހަރެއް ކުރިން އޭނާގެ ލޯބި ވެރިޔާއާއި ޖެހުނު މައްސަލައެއްގައި އެދެމީހުން ދުރުވުމާއިއެކު މިދާއިރާއަށް އެއްކޮށް ހުސްވީ ކަމަށެވެ. ބެއްދުމުގެ ދާއިރާގައި މިހާރު ފުލް ޓައިމްކޮށް މަސައްކަތް ކުރާތާ ދެ އަހަރު ވެފައިވާއިރު، ރޮބިންއަށް އަހަރެއްގެ މައްޗަށް އާއްމުދަނީގެ ގޮތުގައި 40،000 ޑޮލަރަށްވުރެ ގިނައިން ލިބޭ ކަމަށް އޭނާ ބުނެއެވެ.

ރޮބިން ބުނެފައިވަނީ މިގޮތަށް ބައްދާއިރު އޭނާ ގެންގުޅޭ ވަކި އުސޫލުތަކެއް ހުންނަ ކަމަށާއި މިގޮތުން ކްލައިޓްއަކު އޭނާ ކުރެން ލޯބީގެ ގޮތުން ގުޅުމަށް ނޭހޭނެ ކަމަށެވެ. އަދި ބައްދާ ވަގުތު ދެމީހުންވެސް ތިބެން ޖެހޭނީ ހެދުން ލައިންގެން ކަމަށްވެސް ރޮބިން ބުނެފައިވެއެވެ.

ބެއްދުމަކީ އިންސާނާގެ ހަށިގަނޑުގައި ބޮންޑްވުމަށް ޚާއްސަ ހޯމޯން, އޮކްސީން ރިލީސްވާ ކަމެކެވެ. މީގެ ސަބަބުން ހާސްކަން ފިލުވައިދީ އުފާވެރިކަން އިޙްސާސް ކޮށްދެއެވެ.

ކިޔުންތެރިންގެ ހިޔާލު