ފަތުރުވެރިކަމަށް ބަރޯސާ ވެފައި އޮންނަ މި ޤައުމުގައި އެ ސިނާއަތަށް އެހީތެރިކަން ފޯރުކޮށްދޭން އެތައް ބަޔަކު މަސައްކަތް ކުރެއެވެ. ވަކި ވަކިން ހުންނަ ރިސޯޓު ރަށްތަކަށް ދަތުރުފަތުރުކޮށް، މި ރިސޯޓުތަކާއި ޤައުމުގެ އެހެން ތަންތަނާ ގުޅުވާލުމަށް އެތައް ބަޔަކު މަސައްކަތް ކުރެއެވެ. އެގޮތުން، ރާއްޖޭގައި އޮޕަރޭޓް ކުރާ ސީޕްލޭންތައް ފާހަގަ ކޮށްލެވެއެވެ.

އެގޮތުން، ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ވިއުގަ އޮންނަ މި ރާއްޖޭގެ، ސީޕްލޭން ޕައިލެޓުންނަށް ދުނިޔޭގެ ސަމާލުކަންވަނީ ލިބިގެން ގޮސްފައެވެ. "ހުސްފައިގައި މަސައްކަތް ކުރާ" ޕައިލެޓުންގެ ގޮތުގައި މި ފަރާތްތަކުގެ ވާހަކަ ދުނިޔޭގެ އެންމެ ބޮޑެތި މީޑިޔާތަކުގައި ވަނީ ޖަހާފައެވެ.

ދުނިޔޭގެ މަޝްހޫރު "ސީއެންއެން" ގެ ޓްރެވެލް އެޑިޝަންގައި ރާއްޖޭގެ މި ޕައިލެޓުންގެ ވާހަކަ ގެނެސްދީފއިވާއިރު، އެމީޑިޔާ އިން އެންމެ ބޮޑު ސަމާލުކަމެއް ދީފައިވަނީ ދުނިޔޭގެ އެހެން ތަންތަނުގައި ޕައިލެޓުން އަޅާ ހެދުމާއި، ރާއްޖޭގެ މި ޕައިލެޓުން އަޅާ ހެދުމުގެ ތަފާތަށެވެ. އެގޮތުން، ގަމީހާއިއެކު ސޯޓާއި ފައިވާނަށް އަރާ ވާހަކައެއް ސަމާލުކަމެއް ދީފައިވެއެވެ.

ޓީއެމްއޭގައި މަސައްކަތް ކުރާ ބައެއް ޕައިލެޓުންނާ ހަވާލާދީ ސީއެންއެން އިން ވަނީ ރަންވޭ އެއްގެ ބަދަލުގައި މޫދަށް ޖެއްސުމާ ބެހޭގޮތުންވެސް މައުލޫމާތުތައް ގެނެސްދީފައެވެ. އެގޮތުން ރަންވޭ އަށް ވުރެ ބައެއް ފަހަރު މޫދަށް ބޯޓު ޖެއްސުމަކީ އުނދަގޫ ކަމެއްކަމަށްވެސް ބުނެފައިވެއެވެ.

އެހެންނަމަވެސް، އެއީ މާ މަޖާކަމެއްކަމަށް ޓީއެމްއޭގެ ޕައިލެޓުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ސަޓޯ

  ވީ އާރ ޕްރައުޑް އޮފް ޔޫ ދިވެހި ޕައިލެޓްސް

 2. ކަކުނި

  ތިމީހުން ޕައިލެޓްކަން ދަސްކުރީ އަޅެ ފަހެ ބަންޑާރަމިސްކިތުންތަ؟

 3. ސަޕްނާ

  ދެން ކީއްނުވެގެންނޯ އިންޑިޔާއިން "ހަދިޔާ" ކުރި 2 ހެލިކޮޕްޓަރު ދުއްވަން 50 އިންޑިޔާ އެއަރ ވިންގްގެ މީހުން ރާއްޖޭގައި ތިބެނީ ؟

 4. ސޯކާބެ

  ރާއްޖޭގެ ސީޕްލޭން ޕައިލެޓުންނަށް ދުނިޔޭގެ ސަމާލުކަން އެގޮތުން، ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ވިއުގަ އޮންނަ މި ރާއްޖޭގެ ސީޕްލޭން ޕައިލެޓުންނަށް ދުނިޔޭގެ ސަމާލު ކަންވަނީ ލިބިގެން ގޮސްފައެވެ ހުސްފައިގައި މަސައްކަތް ކުރާ ޕައިލެޓުންގެ ގޮތުގައި މި ފަރާތްތަކުގެ ވާހަކަ ދުނިޔޭގެ އެންމެ ބޮޑެތި މީޑިޔާތަކުގައި ވަނީ ޖަހާފައެވެ ހިތާމައަކީ ޙަގީގީ ގައުމީލޯބި ހުރިބަޔަކު މިގައުމު ހިންގަން ތިބިނަމަ ތިޔަ ބޮޑު ސިނާޔަތަކީ މިގައުމުގެ ރަށްޔަތުންގެ މިލްކިއްޔާތެކެވެ ވިސްނާލައްވާ މިގައުމުގައި 1978 ވަނަ އަހަރާ ހަމަޔަތް އޮތް އެޔޮއްބޮޑު ސިޕިންގް ލައިން ވީތަނެއްވެސް އެގޭމީހަކު މިގައުމުގައިނެތް ހުރި ހިތާމައެއްގެ ބޮޑުކަމާއޭ