ތިން ގަޑިއިރު ވަންދެން ގެޔެއްގެ ދޮރު ރަނގަބީލުގައި މީހަކު ދޫހާކައިފިއެވެ. ދޫ ހާކާފައިވަނީ އުމުރުން 33 އަހަރުގެ އެމެރިކާގެ ނިއުޔޯކްއަށް އުފަން ރޮބޯޓޯ ޑެނިއަލްއެވެ.

ފުލުހުން މިހާރު މިމީހާ ހިފާ ހައްޔަރުކޮށްފައިވާއިރު، މިކަންކޮށްފައިވަނީ ކޮން ސަބަބަކާ ހުރެ ކަމެއް ރޮބޯޓޯ ފުލުހުންނަކަށް ހާމަކޮށްފައިއެއް ނުވެއެވެ. މިމައްސަލައިގައި ފުލުހުން މިމީހާ ހައްޔަރުކޮށްފައިވަނީ ސީސީޓީވީ ފްޓޭޖްއެއްގެ އެހީގައެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު މިމީހާ ހުރިއިރު، މީމީހާ ގެޔެއްގެ ރަގަބީލުގައި ދޫހާކަން ފަށައިފައިވަނީ ފަތިސް ވަގުތުގައެވެ. އަދި އިރު އަރަންދެން މިމީހާވަނީ މިކަމުގައި އުޅެފައެވެ. ގޭގެ ދޮރުގައި މިމީހާ ދޫހާކާފައިވާއިރު، އެވަގުތު އެގޭގައި އެއްވެސް ބޮޑު މީހަކު ނޫޅޭ ކަމަށާއި ގޭގައި ތިބީ ކުދިންތަކެއް ކަމަށް ގޭގެ ވެރިފަރާތުން މަޢުލޫމާތުދެއެވެ.

ފުލުހުން މިމީހާ ހައްޔަރުކޮށްފައިވަނީ އެގޭގެ ވެރިފަރާތުން ޝަކުވާ ކުރުމާއި ގުޅިގެންނެވެ.

މިމީހާގެ މައްޗަށް މީހެއްގެ ގެޔަށް ހުއްދައާ ނުލާ ވަނުމުގެ ކުށުގެ ދަޢުވާއާއި މީހެއްގެ މުދަލަށް ހުއްދަޔާ ނުލާ ބެހުމުގެ ކުށުގެ ދަޢުވާ ކުރަންވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހިހި

    މަހީކުރީ އެހެން ދޮރެއް ކަމަށް

  2. Anonymous

    ( ͡° ͜ʖ ͡°)

  3. ތުނބުޅި

    އައިސިސް ފާޑު ގޮލައެއް